ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

Thu, 25 Jul 2024 11:29 AM

View on this article on Police Life

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަނީ

ފުލުހުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.



 

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ޙަސަން ޝަކީބް، ތ. ގާދިއްފުށި / މިރިޔާސްގެ (27އ) އެވެ. 

 

ޙަސަން ޝަކީބް ހޯދަމުންދަނީ، 2024 ޖުލައި 23 ވަނަ ދުވަހުގެ ވަގުތެއްގައި ހުޅުމާލެ ފޭސް ދޭއްްގެ ކެފޭއެއްގެ ކައުންޓަރު މަތީގައި އޮތް ފޯނެއް ވަގަށް ނަގާފައިވާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައެވެ.

 

ވީމާ، ޙަސަން ޝަކީބްއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ހުޅުމާލެ ފޭސް ދޭއް  ޕޮލިސް ސްޓޭޝަންގެ ނަންބަރު 9393351 އަށް ނުވަތަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދެމެވެ.  މިފަދަ ކަންކަމުގައި އާންމު ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވަމެވެ.

 



More from Police Life