ފުލުހުންގެ ބެލުމުގެދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

Thu, 25 Jul 2024 02:48 PM

View on this article on Police Life

ފުލުހުންގެ ބެލުމުގެދަށުގައިހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަނީ

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުންދަނީ ކުރަމުންނެވެ.




މި ތަކެއްޗަކީ ހޮވައިގެން ގެނެސްފައިވާ ތަކެއްޗާއި ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެއްޗެވެ. އަދި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައެވެ.


އެގޮތުން ފުލުހުންގެ ބެލުމުގެދަށުގައި ހުރި ތަކެއްޗަކީ:

 

މާފަންނު ޕޮލިސް

 

ޖުލައި 19 ވަނަ ދުވަހު, މަޖީދީމަގު ޑޮލަރު އޭޓީއެމް ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ޑޮލަރު. އިންސިޑެންޓް ނަންބަރު 605744

 

ޖުލައި 22 ވަނަ ދުވަހު، ކަނބާއައިސަރަނި ހިނގުމާއި ކާނޭޝަން މަގު ގުޅޭ ހިސާބުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާލުކުރި މީހެއްގެ އަތުން ފެނިފައިވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ، ކްރެސްޓް ބްރޭންޑުގެ ދެ ދޮށި. އިންސިޑެންޓް ނަންބަރު 606035

 

މި ތަކެތީގެ ވެރިފަރާތުން  9660183 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު މާފަންނު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ގަލޮޅު ޕޮލިސް

 

ޖޫން 22 ވަނަ ދުވަހު ޝަހީދު ހުސައިން މުޙައްމަދު ހިނގުމުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފަިއވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ ޔޫއެސްބީ، ސީ އެޑަބްޓަރަކާއި ޓްރިމަރެއް. އިންސިޑެންޓް ނަންބަރު 602511

 

ޖުލައި 11 ވަނަ ދުވަހު ހަދީބީ މަގުން ވައްކަމުގެ ތުހުމަތުގައި ހުއްޓުވައި ސުވާކުރި މީހެއްގެ އަތުން ފެނިފަިއވާ ވަގަށް ނަގާފައިވާކަމަށް ބެލެވޭ އައުޓްބޯޑު އިންޖީނެއްގެ ބައެއް. އިންސިޑެންޓް ނަންބަރު 604728

 

ޖުލައި 16 ވަނަ ދުވަހު ހޮވައިގެން ގެނެސްފައިވާ ދިޔާހަކުރު ފުޅިއެއް. އިންސިޑެންޓް ނަންބަރު 605347

 

މި ތަކެތީގެ ވެރިފަރާތުން 9631696 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ގަލޮޅު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

ހުޅުމާލެ ފޭސް 2 ޕޮލިސް

 

ޖުލައި 17 ވަނަ ދުވަހު، ހުޅުމާލެ ފޭސް 2 ޓަވަރު 11 ކައިރިން ހޮވައިގެން ގެނެސްފައިވާ 10 ކޭސް ފެން. ރުފިޔާ. އިންސިޑެންޓް ނަންބަރު 605389

 

މި ތަކެތީގެ ވެރިފަރާތުން 9393351 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު ހުޅުމާލެ ފޭސް 2 ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.

 

އެއާޕޯޓު ޕޮލިސް

 

މާރިޗު 28 ވަނަ ދުވަހު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އިންޓަނޭޝަނަލް ޑިޕާޗަރ ޓާމިނަލް ކައިރިން ހޮވައިގެން ގެނެސްފައިވާ 100 ޑޮލަރު. އިންސިޑެންޓް ނަންބަރު 562657

 

މި ތަކެތީގެ ވެރިފަރާތުން 9968024 އަށް ގުޅުއްވައި އިންސިޑެންޓް ނަންބަރާއެކު މައުލޫމާތު ހިއްސާކުރެއްވުން އެދެމެވެ. އަދި ކާކުކަން އެނގޭނެ ލިޔުމަކާއެކު އެއާޕޯޓު ޕޮލިސް ސްޓޭޝަނަށް ހާޒިރުވެ ތަކެއްޗާ ހަވާލުވެލެއްވުން އެދެމެވެ.



More from Police Life