
މާލޭގެ ގެއެއްގެ އެޕާޓްމަންޓަކަށް ގްރޫޕެއްގެ ބަޔަކު ވަދެ އެތަނުގައި ދިރިއުޅެމުންދާ މީހަކަށް ތޫނު އެއްޗަކުން ބިރުދައްކައި، ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން ހަމަލާދީ މާރާމާރީ ހިންގުމަށްފަހު އެއެޕާޓްމަންޓްގައި ހުރި މުދަލަށް ގެއްލުން ދީފައިވާ މައްސަލައާ ގުޅިގެން ހޯދަމުންދަިޔ ރ. މަޑުއްވަރީ / ދެތަނޑިމާގެ، އިބްރާހިމް ސަމީން (34އ) ހައްޔަރުކޮށްފިއެވެ.
އިބްރާހިމް ސަމީން ހައްޔަރުކޮށްފައިވަނީ މެއި 23 ވަނަ ދުވަހުގެރޭގެ ވަގުތެއްގައި ފުލުހުންގެ މައި މަރުކަޒަށް އަމިއްލައަށް ހާޒިރުވުމުންނެވެ.
ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ މައްސަލައާ ގުޅިގެން އިބްރާހިމް ސަމީން ހޯދަން އިއުލާނުކޮށްފައިވަނީ މެއި 23 ވަނަ ދުވަހުއެވެ.