ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ އިބްރާހީމް ޢަބްދުﷲ ހައްޔަރުކޮށްފި

Tue, 23 May 2023 10:49 AM

View on this article on Police Life

ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދިޔަ އިބްރާހީމް ޢަބްދުﷲ ހައްޔަރުކޮށްފި

ގްރޫޕް ހަދައިގެން ތޫނު ހަތިޔާރާއި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ހޯދަމުންދަިޔަ ހޯދަމުންދިޔަ ކ. މާލެ / މއ. ނައިޓްވިލާ، އިބްރާހީމް ޢަބްދުﷲ (32އ) ހައްޔަރުކޮށްފިއެވެ.

 

އިބްރާހީމް ޢަބްދުﷲ ހައްޔަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައި ފުލުހުންގެ މައި މަރުކަޒަށް އަމިއްލައަށް ހާޒިރުވުމުންނެވެ. އިބްރާހީމް ޢަބްދުﷲ ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ވަނީ 30 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.

 

ފުލުހުންގެ ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުންދާ، ގްރޫޕް ހަދައިގެން ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގައި، މީހަކު މަރާލަން އުޅުުނުކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކުރުމަށްޓަކައި އިބްރާހިމް ޢަބްދުﷲ ހޯދުމަށް އިޢުލާނުކޮށްފައިވަނީ މެއި 15 ވަނަ ދުވަހުއެވެ.



More from Police Life