ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުން ހުޅުމާލެ ޕޮލިސް އާއި އެސްއޯ ޖާގަހޯދިައިފި

Tue, 21 Mar 2023 02:21 PM

View on this article on Police Life

ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލުން ހުޅުމާލެ ޕޮލިސް އާއި އެސްއޯ ޖާގަހޯދިައިފި

ކޮމިޝަނަރ އޮފް ޕޮލިސްގެ ވާދައިގެ ތައްޓަށް ކުޅެވޭ “ސީޕީ ކަޕް ފުޓްސަލް މުބާރާތް” ގެ ފައިނަލުން ހުޅުމާލެ ޕޮލިސް ޔަންގް ޖެނެރޭޝަން އާއި (އެސްއޯއާރުސީ) ޖާގަހޯދައިފިއެވެ. 

 

ހުޅުމާލެ ޔަންގް ޖެނެރޭޝަން މުބާރާތުގެ ފައިނަލުން ޖާގަހޯދީ ރޭ ކުޅުނު ސެމީ ފައިނަލް މެޗުގައި ހުޅުމާލެ ޕޮލިސްގެ ޗެލެންޗަރސް އާ ވާދަކޮށް 2-1 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. މިމެޗުގައި ހުޅުމާލެ ޔަންގް ޖެނެރޭޝަންއަށް ލަނޑު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދި އަޖުލާން ޢަބްދުލް ހަންނާންއެވެ. ހުޅުމާލެ ޗެލެންޖަރސްއަށް ލަނޑު ޖަހައިދީފައިވަނީ އަޙްމަދު ޝާހިދުއެވެ.

 

އެސްއޯއާރުސީ ފައިނަލު ޖާގަހޯދީ ގަލޮޅު ޕޮލިސްގެ މައްޗަށް 5-3 ގެ މައްޗަށް ކުރިހޯދައިގެންނެވެ. މިމެޗުގައި އެސްއޯއާރުސީގެ އަޙްމަދު ރިފްޝާން ދެ ލަނޑު ޖެހިއިރު، އަލީ ނަޖާހް ވަނީ ހެޓްރިކް ހަދާފައެވެ. ގަލޮޅު ޕޮލިސްއަށް ލަނޑުތައް ޖަހައިދީފައިވަނީ ޢަލީ ރިޝްވާން އަޙްމަދު އާއި އިބްރާހިމް ބިޝާރު އަދި އަޙްމަދު އަޝްފާންއެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ އެސްއޯއާރުސީގެ އަޙްމަދު ރިފްޝާންއެވެ. 

 

ސީޕީ ކަޕް ފުޓްސަލް މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މާރިޗު 22 ވަނަ ދުވަހުރޭ ހުޅުމާލެ ފުޓްސަލް ދަނޑުގައެވެ.

 



More from Police Life