ޔުކްރެއިނުގެ ކުރީގެ މަޖިލިސް މެމްބަރެއް މަގުމަތިން ބަޑިޖަހައި މަރާލައިފި

Mon, 22 Jul 2024 11:59 AM

View on this article on Naares

ޔުކްރެއިނުގެ ކުރީގެ މަޖިލިސް މެމްބަރެއް މަގުމަތިން ބަޑިޖަހައި މަރާލައިފި

ޔުކްރެއިނުގެ ކުރީގެ މަޖިލިސް މެމްބަރެއް ކަމުގައިވާ އިރީނާ ފަރިއޯން މަގުމަތިން ބަޑިޖަހައި މަރާލައިފިއެވެ.



ބީބީސީ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި 60 އަހަރުގެ ފަރިއޯންއަކީ ޔުކްރެއިނުގައި ރަޝިއާ ބަސް ބޭނުންކުރުމާ ގުޅޭގޮތުން ދެކޮޅުވެރި ބަޔާންތައް ދީފައިވާ ލިންގުއިސްޓިކް ޕްރޮފެސަރެކެވެ.

ފުލުހުން މިވަގުތު މި މައްސަލަ ތަޙުޤީޤުކުރަމުން ދަނީ ދުރާލައި ރާވައިގެން ދިން ހަމަލާއެއްގެ ގޮތުގައެވެ.

ހަމަލާދިން ފަރާތް އަދި ދެނެގަނެވިފައި ނުވާއިރު، އެސަރަހައްދުގެ ސީސީޓީވީތަކުގެ ކަރަންޓު ކެނޑިފައިވުމުން ހަމަލާ ދިން ފަރާތުގެ މަޢުލޫމާތު ހޯދުމަށް ދަތިތަކާ ކުރިމަތިވެފައިވާކަމަށް ފުލުހުން ބުނެއެވެ.

ޔުކްރެއިނުގެ އިންޓީރިއަރ މިނިސްޓަރ އިގޯރ ކްލިމެންކޯ ވިދާޅުވީ މިއީ ކުއްލިއަކަށް ހިނގި މަރެއް ނޫންކަމަށާއި ފަރިއޯންގެ އިޖުތިމާޢީ އަދި ސިޔާސީ ހަރަކާތްތަކާ ގުޅުންހުރި ސަބަބުތަކެއް އޮތުން އެކަށީގެންވާކަމަށެވެ.
ރައީސް ވޮލޮޑިމިރ ޒެލެންސްކީ ވިދާޅުވީ މި މައްސަލައިގައި ބޮޑު ފުލުސް އޮޕަރޭޝަނެއް ކުރިއަށްދާ ކަމަށާއި، ރަޝިޔާގެ އަތްއޮތުމުގެ އިހުތިމާލު ހިމެނޭގޮތަށް ހުރިހާ ވަރޝަންތަކެއް ތަޙުޤީޤުކުރަމުންދާ ކަމަށެވެ.

ފަރިއޯންގެ ސިޔާސީ ޕާޓީ ސްވޮބޯޑާއިން ސީދާ ރަޝިޔާއަށް މި މަރުގެ ތުހުމަތު ކޮށްފައިވެއެވެ.
2023 ވަނަ އަހަރު ފަރިއޯން ދެއްވި ބަޔާނެއްގައި “ޔުކްރެއިނުގެ ތެދުވެރި ޤައުމިއްޔަތުވަންތަ ރައްޔިތުން” އެއްވެސް ހާލެއްގައި ރަޝިޔާ ބަހުން ވާހަކަ ދައްކައިގެން ނުވާނެ ކަމަށް ބުނެފައިވެއެވެ.

މި ބަޔާނާ ގުޅިގެން އޭނާ ޔުނިވަރސިޓީ ވަޒީފާއިން ވަކިކޮށް، ޔުކްރެއިނުގެ ސެކިއުރިޓީ ސަރވިސްއިން ތަޙުޤީޤެއް ފަށާފައިވެއެވެ. އެހެންނަމަވެސް މިއަހަރުގެ މެއި މަހު ލްވިވް އެޕީލް ކޯޓުން އޭނާގެ ވަޒީފާ އަނބުރާ ދީފައިވާކަމަށް ރިޕޯޓުކުރެވެއެވެ



More from Naares