މޮސްކޯގެ ކޮންސެޓަށް ބަޑިން ހަމަލާ ދިން މީހުންނަށް ހައްޤު އަދަބު ދޭނަން: ޕޫޓިން

Mon, 25 Mar 2024 11:11 PM

View on this article on Naares

މޮސްކޯގެ ކޮންސެޓަށް ބަޑިން ހަމަލާ ދިން މީހުންނަށް ހައްޤު އަދަބު ދޭނަން: ޕޫޓިން

މޮސްކޯގެ ކޮންސެޓަށް ހަމަލާދިން މީހުން ހައްޔަރު ކުރެވިފައިވާ ކަމަށާއި، އެމީހުންނަށް ޙައްޤު އަދަބު ދެއްވާނެކަމަށް ރަޝިއާގެ ރައީސް ވުލަޑަމިއަރ ޕޫޓިން ވިދާޅުވެއްޖެއެވެ.
މީހުން ތޮއްޖެހި ފުރިފައިވާ މޮސްކޯގެ ކޮންސެޓް ހޯލަކަށް ދިން އެ ހަމަލާގައި ތިން ކުޑަކުދިންނާއެކު 133 މީހުން މަރުވެ 140 އަށް ވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރަޝިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.
މިދިޔަ ހުކުރު ދުވަހު ރަޝިއާގެ ވެރިރަށުގެ ހުޅަނގުގައި އޮންނަ ކްރޮކަސް ސިޓީ ހޯލަށް ކޮމްބެޓް ގިޔަރު އަޅައިގެން ތިބި ބަޔަކު ވަދެ ބަޑީގެ ހަމަލާތައް ދީފައިވާއިރު، އެތާންގައި ގޮވުންތަކެއް ގޮވައި ފުރާޅުވެއްޓި އެ ތަން ވަނީ ހަލާކުވެފައެވެ.
ވްލަޑިމިއާ ޕޫޓިން ވިދާޅުވީ ހަމަލާ ދިން ހަތަރު މީހުން ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި މާޗް މަހުގެ 24 ވަނަ ދުވަހަކީ ގައުމީ ހިތާމައިގެ ދުވަހެއް ކަމަށެވެ.
ރަޝިޔާގެ ރައީސް ވަނީ މި ހަމަލާގައި ކީވް ގެ ބައިވެރިވުން އޮވެދާނެ ކަމަށް ވިދާޅުވެފައެވެ. އޭނާ އެހެން ވިދާޅުވި ނަމަވެސް އިތުރު ހެއްކެއް ދައްކަވާފައެއް ނުވެއެވެ.
ކިއޭވް ވަނީ ޔޫކްރެއިންގެ ބައިވެރިވުން އޮތް ކަމުގެ ތުހުމަތުތަކަކީ ހަގީގަތާ ހިލާފު ތުހުމަތުތަކެއް ކަމަށް ސިފަކޮށްފައެވެ.
މި ލޭއޮހޮރުވުމުގެ ޒިންމާ އިސްލާމިކް ސްޓޭޓް (އައިއެސް) އިން އުފުލާފައިވަނީ މޮސްކޯގެ ބޭރުގައި އޮންނަ ކްރަސްނޯގޯސްކްގައި “ކްރިސްޓިއަނުން” ގެ ބޮޑު އެއްވުމަކަށް ހަމަލާދިން ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައެވެ.
އަފްޣާނިސްތާނުގައި ހުންނަ ޓެރަރިސްޓް ޖަމާއަތުގެ ގޮފިން މޮސްކޯއަށް ހަމަލާއެއް ދޭން ރާވަމުންދާކަން އެމެރިކާގެ އިންޓެލިޖެންސް އެޖެންޓުންނަށް އެނގުމުން، އެ މައުލޫމާތު ރަޝިއާގެ އޮފިޝަލުންނާ ހިއްސާކޮށްފައިވާ ކަމަށް އޭޕީ ނިއުސް އެޖެންސީން ބުނެއެވެ.
މީހުން ސަލާމަތް ކުރުމުގެ މަސައްކަތް “ހުއްޓިފައި” ވީ ނަމަވެސް، ޒަހަމްވި މީހުންނަށް ލޭ ހަދިޔާ ކުރުމަށް އެތައް ސަތޭކަ މޮސްކޮވިޓުން ސަފު ހަދާފައިވާ ކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ.
ރަޝިއާގެ ސަލާމަތީ ހިދުމަތްތަކުން ބުނީ އެ ހަމަލާއާ ގުޅިގެން 11 ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ހޮނިހިރު ދުވަހު ދެއްވި ތަގުރީރެއްގައި ޕޫޓިން ވިދާޅުވީ ކުށްވެރިން ފޮރުވަން ޔޫކްރެއިންއިން މަސައްކަތް ކޮށްފައިވާ ކަމަށާއި، އިބްތިދާއީ ތަހގީގުތަކަށް ބަލާއިރު، ޔޫކްރެއިންގެ ފަރާތުން ސްޓޭޓް ބޯޑަރު ހުރަސްކުރުމަށް ވިންޑޯއެއް ތައްޔާރުކޮށްފައިވާ ކަން އެނގޭ ކަމަށެވެ.





More from Naares