ރާއްޖޭގެ ހޫނުމިން 44 ޑިގްރީ އަށް އަރައިފި

Sun, 24 Mar 2024 05:24 PM

View on this article on Naares

ރާއްޖޭގެ ހޫނުމިން 44 ޑިގްރީ އަށް އަރައިފި

ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އިހުސާސް ކުރެވޭ ހޫނުމިން 44 ޑިގްރީ އަށް އަރައިފިއެވެ.



މާޗް އަދި އެޕްރީލް މަހަކީ އަހަރުގެ ތެރޭގައި ރާއްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށްދާ ދުވަސްވަރުކަމަށާއި އަދި ދުވަހެއްގައި ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށްދާނީ މެންދުރުފަހު 2:00 ހާއިރު ކަމަށް ވެސް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

އެ އިދާރާއިން ހާމަކޮށްފައިވާ ބައެއް ސަރަހައްދުގެ ފިނިހޫނުމިންތައް:

  • ހަނިމާދޫ: ހޫނުމިން 31.6 ޑިގްރީ ގައި ، އިހުސާސް ކުރެވޭ ހޫނުމިނަކީ 41 ޑިގްރީ ސެލްސިއަސްއެވެ.
  • ކައްދޫ: ހޫނުމިން 31.6 ޑިގްރީ ގައި ، އިހުސާސްކުރެވޭ ހޫނުމިނަކީ 41 ޑިގްރީ ސެލްސިއަސްއެވެ.
  • ކާޑެއްދޫގައި ހޫނުމިން 31.8 ޑިގްރީގައި ، އިހުސާސްކުރެވޭ ހޫނުމިން ހުރީ 41.7 ޑިގްރީ ސެލްސިއަސްއެވެ.
  • އައްޑޫސިޓީ ގަން: ހޫނުމިން 32 ޑިގްރީގައި ، އިހުސާސްކުރެވޭ ހޫނުމިނަކީ 40.8 ޑިގްރީ ސެލްސިއަސްއެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ހާމަކުރާ ގޮތުގައި ވައިގެ ހޫނުމިނަށްވުރެ އިހުސާސްކުރެވޭ ހޫނުމިން މަތިވުމަށް މެދުވެރިވަނީ ވިލާ މަދުވުމާއި ވައި މަޑުވުމުން އަދި ވައިގެ ތެތްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުގެ ސަބަބުންނެވެ.

އެ އިދާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މިދިޔަ އަހަރު އެންމެ ހޫނުގަދަވި ކަމަށް ރިކޯޑް ކުރެވިފައި ވަނީ ހދ. ހަނިމާދު އަށެވެ. އެއީ މިދިޔަ އަހަރުގެ މެއި މަހުގެ ހަ ވަނަ ދުވަހު 34.6 ޑިގްރީ ސެލްސިއަސް އަށެވެ.



More from Naares