އެމްޑީޕީން ހަރުގެ ހުސްނުކުރުމުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވެރިފަރާތުން ކޯޓަށް ދަނީ

Mon, 29 May 2023 07:39 PM

View on this article on Naares

އެމްޑީޕީން ހަރުގެ ހުސްނުކުރުމުން، ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ވެރިފަރާތުން ކޯޓަށް ދަނީ


އެމްޑީޕީގެ ހަރު ހުސްކުރުމަށް ދިން މުއްދަތުގައި އެޕާޓީން ހަރުގެ ހުސްކޮށްފައި ނުވާތީ ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާނެކަމަށް ހަރުގެ ހިންގު ބިމުގެ ވެރިފަރާތުން ބުނެފިއެވެ.



މިއަދު ހަވީރު ނޫސްވެރިންނަށްވެސް ދައުވަތު ދީގެން، އެމްޑީޕީގެ ހަރުގެއަށް ދަ ޑިމޮކްރޭޓްސްގެ އިސްފަރާތްތަކުން ވަދެ އެތަނުގައި ވަނީ ޑިމޮކްރޭޓްސް ޕާޓީގެ ސިޔާސީ ހަރަކާތްތައް ހިންގާން ފަށާފައެވެ.

ޝަފިއްޔާއަކީ ކުރިން އެމްޑީޕީގެ އެކްޓިވިސްޓެކެވެ. އެހެންނަމަވެސް އޭނާވަނީ ފަހުން ދަ ޑިމޮކްރޭޓްސްއާއި ގުޅިފައެވެ.

ދަ ޑިމޮކްރޭޓްސް ޕާޓީން މިއަދު ހަރުގެ ހުޅުވުމަށްފަހު، އެ ސަރަހައްދުގައި ހުރެ ޝަފިއްޔާ ނޫސްވެރިންނާއި ވާހަކަ ދައްކަމުން ބުނެފައިވަނީ އެ ތަނަކީ ސަރުކާރު ހިންގާ ޕާޓީން ކުއްޔަށް ހިފާފައިވާތަނަކަށް ވާތީ އެތަނުގައި އިންވެސްޓު ކުރުމަށް ހުރަސް އެޅިފައިވާ ކަމުގައެވެ. އެހެންނަމަވެސް އެތަނުގައި 15 ބުރީގެ އިމާރާތެއް އެޅުމަށް ހުއްދަވެސް ނަގާފައި ވުމާއެކު، އެތަނުގައި އިންވެސްޓް ކުރުމަށް އެމްޑީޕީއާއި ވާހަކަ ދެއްކި ނަމަވެސް އެޕާޓީން އެތަނުގައި އިންވެސްޓް ކުރުމުގެ އެއްވެސް ޝައުގުވެރިކަމެއް ނެތްކަމުގައިވެސް އޭނާ ބުންޏެވެ.

އެހެންވެ، އަޅުގަނޑު ވިޔަފާރި އަށް، އަޅުގަނޑުގެ ދިރިއުޅުމަށް ވަރަށް ބޮޑު ހުރަހަކަށްވެއްޖެ، އެމްޑީޕީ އަށް މިތަން ކުއްޔަށް ދީފައި އޮތުން. މި ތަން އިމާރާތް ކުރުމަށް އެމްޑީޕީގެ އިސް ބޭފުޅުންނާ މަޝްވަރާ ވެސް ކުރިން. އެބޭފުޅުންނަށް ދައުވަތު އެރުވިން. އަޅުގަނޑާ އެކުގައި މިތަން އިންވެސްޓް ކުރަން. އެބޭފުޅުންގެ އެއްވެސް ޝައުގުވެރިކަމެއް ނެތް.

ނޫސްވެރިންނަށް މައުލޫމާތު ދެމުން ޝަފިއްޔާ ބުނެފައި ވެއެވެ.

ޝަފިއްޔާ އިތުރަށް ބުނެފައިވަނީ، އެ ބިން ހުސްކުރަން ދިން މުއްދަތުގައި އެމްޑީޕީން ތަން ހުސްކޮށްފައި ނުވާތީ އޭނާއަށް ވަރަށް ބޮޑު ގެއްލުމެއް ލިނޭކަން އެމްޑީޕީއަށް އަންގާފައިވާނެ ކަމަށާއި، އެހެންކަމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން އޭނާ ނިންމާފައި ވާކަމުގައެވެ.

އަޅުގަނޑު ދެކޭ ގޮތުގައި އަޅުގަނޑުގެ ވިޔަފާރިއަށް ވަރަށް ބޮޑު ހުރަހެއް، އެމްޑީޕީން އެ އަޅުއްވަނީ. އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމަށް ވަރަށް ބޮޑު ގެއްލުމެއް އެ ދެއްވަނީ. އަޅުގަނޑު ގަސްދު ކުރަނީ އެމްޑީޕީ އަށް ދައުވާ ކުރަން.

ޝަފިއްޔާ ބުނެފައި ވެއެވެ.

ޝަފިއްޔާ ބުނެފައިވަނީ ތަން ހުސް ކުރަން އެމްޑީޕީއަށް އެންމެ ފުތަމަ ނޯޓިސް ފޮނުވާފައިވާނީ 30 މާޗް ގައި ކަމުގައެވެ. އޭނާ އިތުރަށް ބުނެފައިވަނީ ސިޓީގެ ޖަވާބުގައި އެމްޑީޕީން، އޭޕްރީލް 26 ގައި އެމްޑީޕީން ފޮނުވި ސިޓީގައި، ޖުލައިގެ ނިޔަލަށް ތަން ހަވާލު ކުރާނެ ވާހަކަ އެމްޑީޕީން ބުނެފައި ވާކަމުގައެވެ.

އޭނާ ބުނެފައިވަނީ އެންނަމަވެސް، ދިން ނޯޓިސްއާއި އެއްގޮތަށް އެމްޑީޕީން ތަން ހުސްކޮށްފައި ނުވާތީ އަމިއްލަ ފަރާތަކަށް ތަން ކުއްޔަށް ދީފައިވާކަމުގައެވެ.

ޝަފިއްޔާ އެމްޑީޕީގެ ހަރުގެ މިހާރު ކުއްޔަށް ދީފައިވަނީ ދަ ޑިމޮކްރޭޓްސް ޕާޓީގެ އިސް މެމްބަރެއް ކަމުގައިވާ އެސްޓީއޯގެ ކުރީގެ އެމްޑީ ހުސެއިން އަމްރުއަށެވެ. ދަ ޑިމޮކްރޭޓްސްއިން ހަރުގެ ކުއްޔަށް ހިފާފައިވަނީ އަމުއާއެކު ހަދާފައިވާ ސަބްލީސް އެއްބަސްވުމެއްގެ ދަށުންނެވެ.



More from Naares