ކޮލަމާފުށީގައި ހުރި ޕްރިންޓްކުރާ ތަނެއްގައި ރޯވެއްޖެ

Tue, 14 Mar 2023 01:49 PM

View on this article on Naares

ކޮލަމާފުށީގައި ހުރި ޕްރިންޓްކުރާ ތަނެއްގައި ރޯވެއްޖެ


ގއ ކޮލަމާފުށީގައި ހުރި ޕްރިންޓކުރާ ތަނެއްގައި އަލިފާން ރޯވެއްޖެ އެވެ.
ފުލުހުން ބުނީ މި ހާދިސާގައި ރޯވެފައިވާ އަލިފާންގަނޑު ނިއްވާލުމަށް ފުލުހުންނާއި ރަށުގެ ރައްޔިތުން މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

ނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް ނުލިބެއެވެ.

ފުލުހުން ހިއްސާކޮށްފައިވަ ފޮޓޯއިން ފެންނަ ގޮތުގައި، ކަންމައްޗަކަށް ހުންނަ އެތަކުގައި ވަރަށް ބޮޑަށް ވަނީ ރޯވެފައެވެ.

އަދި އަލިފާންގަނޑު ހުޅުފަޅައިގެން ގޮސް އިމާރާތުން ބޭރަށް މަގަށް ވަނީ ނިކުމެފައެވެ.



More from Naares