ޅ.ނައިފަރާއި ހިންނަވަރުން މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފި

Thu, 12 Sep 2024 12:54 PM

View on this article on Muraasilu

ޅ.ނައިފަރާއި ހިންނަވަރުން މަސްތުވާތަކެއްޗާ އެކު ބަޔަކު ހައްޔަރުކޮށްފި

ޅ.ނައިފަރާއި އަދި އެ އަތޮޅު ހިންނަވަރުން މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއި އެކު ބަޔަކު ހައްޔަރުކޮށްފިއެވެ.



ފުލުހުން މައުލޫމާތުދޭ ގޮތުގައި މި މީހުން ހައްޔަރުކުރީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ނޯތު ޕޮލިސް ފުލުހުން ގުޅިގެން ޅ. ހިންނަވަރާއި ނައިފަރުގައި ހިންގި މަސްތުވާތަކެތިގެ އޮޕަރޭޝަނެއްގައެވެ.

މި ސެޕްޓެންބަރު މަހުގެ 11 ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހިންނަވަރާއި ނައިފަރު ހިމެނޭގޮތަށް 12 ތަނެއް ބަލައިފާސްކޮށްފައިވެއެވެ. އެ ބަލައިފާސްކުރުމުގެ ތެރެއިން މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މިތަކެތީގެ ވަގުތީ ބަރުދަނަކީ 86.26 ގްރާމެވެ. އޭގެ އިތުރުން 293000 ދިވެހި ރުފިޔާއާއި ޔޫއެސްޑޮލަރުގެ އިތުރުން ޔޫރޯ ފެނިފައިވެއެވެ.

މި މައްސަލާގައި ހައްޔަރުކޮށްފައިވަނީ:

ޅ. ހިންނަވަރު / އަގީދުގެ، ހުސެއިން އީސާ ފުޅު (48އ)،

ޅ. ހިންނަވަރު / މިދިލިމާގެ، އަޙްމަދު މުޙައްމަދު (36އ)،

ޅ. ނައިފަރު / ޑޭޒީހިޔާ، ޢަބްދުﷲ ޒަކަރިއްޔާ (46އ)،

ޅ. ހިންނަވަރު / ފެހިގެ، މުޙައްމަދު އިރުޝާދު (35އ) އަދި

އދ. މަހިބަދޫ / ކުޅިބަލާގެ، ފާޠިމަތު ރީމާ (44އ) އެވެ.

މި ފަސްމީހުންގެ އިތުރުން ވެސް މި އޮޕަރޭޝަނުގައި، އިތުރު މީހުން ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫތު ދެއެވެ.

މި ފަސްމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ހުސައިން އީސާ ފުޅު އަދި އަޙްމަދު މުޙައްމަދު ހަތްދުވަހަށް، ޢަބްދުﷲ ޒަކަރިއްޔާ 15 ދުވަހަށް، ފާޠިމަތުު ރީމާ 12 ދުވަހަށް އަދި މުޙައްމަދު އިރުޝާދު ތިންދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ.

މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ.



More from Muraasilu