ރައީސް އިންޑިއާ ދަތުރުފުޅުގެ ކުރިން ޝިއުނާ އާއި މަލްޝާ މަގާމުން އިސްތިއުފާ ދީފި

Tue, 10 Sep 2024 11:25 PM

View on this article on Muraasilu

ރައީސް އިންޑިއާ ދަތުރުފުޅުގެ ކުރިން ޝިއުނާ އާއި މަލްޝާ މަގާމުން އިސްތިއުފާ ދީފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ފުރައްސާރަ ކުރުމުން މަގާމުން ސަސްޕެންޑް ކޮށްފައިވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.



ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުންގެ މަގާމުގައި ހުރެ އަވައްޓެރި އިންޑިއާގެ ވެރިންނަށް ފުރައްސާރަކޮށް،މަލާމަތް ކުރުމުން އެ ދުވަސްވަރު ރާއްޖެއާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ގޯސްވެގެން ދިޔައެވެ. ރާއްޖެއަށް އެންމެ ގިނައިން ޓުއަރިސްޓުން އަންނަ ގައުމުގެ އިތުރުން އެ ގައުމުގެ ނުފޫޒު ގަދަ ފިލްމީތަރިންގެ ޗުއްޓީ މަންޒިލަކަށް ވެފައިވާ ރާއްޖެއަށް އިންޑިއާ ރައްޔިތުން ދަތުރު ނުކުރުމަށްވެސް އެ ދުވަސްވަރު ބޮޑު ކެމްޕޭނެއް އިންޑިއާއިން ކުރިއެވެ. މި ކަމުގެ ސަބަބުން ޓުއަރިޒަމް އިންޑަސްޓްރީއަށް ބޮޑު ގެއްލުމެއް ކުރިމަތިވެ، މަޓީ އާއި މަޓާޓޯ ފަދަ ޓުއަރިޒަމް އިންޑަސްޓްރީ ތަމްސީލުކުރާ ޖަމާއަތްތަކުން ވަނީ މަލްޝާއާއި ޝިއުނާގެ އެ އަމަލު ވަރަށް ބޮޑަށް ކުއްވެރިކޮށްފައެވެ.

މަލްޝާ އާއި ޝިއުނާގެ އިތުރުން ޔޫތު މިނިސްޓްރީގެ ޑެޕއުޓީ މިނިސްޓަރުގެ ގޮތުގައި އައްޔަންކުރި އަބްދުﷲ މަހުޒޫމު މާޖިދުވެސް މަގާމުން ސަސްޕެންޑު ކުރިއެވެ. ނަމަވެސް މަހުޒޫމު މިހާތަނަށް އިސްތިއުފާެއް ނުދެއެވެ.

ޝިއުނާއާއި މަލްޝާ އަދި މަހުޒޫމު ސަސްޕެންޝަނުގައި ހުންނަތާ 8 މަސްދުވަސްވީ އިރު މި 3 ނައިބު ވަޒީރުންނަށް މިލިއަނަކަށްވުރެ ގިނަ ރުފިޔާ ވަނީ ދައުލަތުން މުސާރައާއި އިނާޔަތުގެ ގޮތުގައި ދީފައެވެ.



More from Muraasilu