’ގާމަގު ކެފޭ‘ ގައި ރޯވެ އަނދައިފި

Mon, 09 Sep 2024 05:56 PM

View on this article on Muraasilu

’ގާމަގު ކެފޭ‘ ގައި ރޯވެ އަނދައިފި

ހ.ދޫހިމެރި ގޭގައި ހިންގަމުންދާ ގާމަގު ކެފޭގައި އަލިފާނުގެ ހާދިސާއެއް ހިނގައި އެތަން އެއްކޮށް އަނދާ ހުލިވެއްޖެއެެވެ.



މޯލްޑިވްސް ނެސެނަލް ޑިފެންސް ފޯސްއިން މައުލޫމާތުދޭ ގޮތުގައި ގާމަގު ކެފޭގައި ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރު ފަހު 14:47 ހާއިރުއެވެ. އެ ވަގުތުން ފެށިގެން އެމްއެންޑީއެފް ގެ ފަޔަރ އެންޑު ރެސްކިއު ސަރވިސްއިން ވަނީ އަލިފާން ނިއްވާލުމުގެ މަސައްކަތް ފަށާފައެވެ. މި ގޮތުން ކުޑައިރުކޮޅެއްގެ ތެރޭގައި އަލިފާންގަނޑު ކޮންޓްރޯލްކޮށް އިތުރަށް ނުފެތުރޭނެ ގޮތް ވަނީ ހަދާފައެވެ.

މި ހާދިސާގައި ދެ މީހަކަށް ހޮސްޕީޓަލުން ވަނީ ފަރުވާ ދީފައެވެ. މި ގޮތުން އުމުރުން 30 އަހަރުގެ ބިދޭސީ އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ކުރުމަށް ފަހު ވަނީ ދޫކޮށްލާފައެވެ. އަދި މީގެ އިތުރުން 48 އަހަރުގެ ދިވެހި އަންހެނަކަށް އޭޑީކޭ ހޮސްޕިޓަލުން އަންނަނީ ފަރުވާ ދެމުންނެވެ. އޭނާގެ ހާލުވެސް ރަނގަޅު ކަމަށް އޭޑިކޭ ހޮސްޕިޓަލާއި ހަވާލާދީ އެމްއެންޑީއެފުން ބުނެއެވެ.

ސޯސަން މަގު ކޮޅުގައި ހިންގަމުންދާ ގާމަގު ކެފޭގައި އަލިފާނުގެ ހާދިސާ ހިނގި ސަބަބު އަންނަނީ އެމްއެންޑީއެފުން ތަހުގީގު ކުރަމުންނެވެ.



More from Muraasilu