ފަތުވާ މަޖުލީހަށް ޑރ.އަލީ ޒާހިރު، ޑރ.މޫސާ އަންވަރު އައްޔަންކޮށްފި

Wed, 17 Apr 2024 05:12 PM

View on this article on Muraasilu

ފަތުވާ މަޖުލީހަށް ޑރ.އަލީ ޒާހިރު، ޑރ.މޫސާ އަންވަރު އައްޔަންކޮށްފި

ފިގުހީ ކަންކަމުގައި ރައުޔު ނެރުމަށް އުފައްދާފައިވާ ފަތުވާ މަޖުލީހަށް ދެ މެމްބަރުން ރައީސް ޑރ.މުހައްމަދު މުއިއްޒު އައްޔަން ކުރައްވައިފިއެވެ.



ފަތުވާ މަޖުލީހަށް އައްޔަނުކުރެއްވީ ޑރ. މޫސާ އަންވަރު ޙަސަނާއި ޑރ. ޢަލީ ޒާހިރެވެ. އިސްލާމިކް މިނިސްޓްރީން ބުނީ، އެ ދެ މެންބަރުން ފަތުވާ މަޖިލީހަށް އައްޔަންކުރައްވާފައިވަނީ މިދިޔަ މަހުގެ 18 ގައި ކަމަށެވެ.

މިނިސްޓްރީން ބުނީ އަލީ ޒާހިރު މަގާމަށް އައްޔަނުކުރެއްވީ، ޤައުމީ ޔުނިވާސީޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ޢައްޔަންކުރާ މެންބަރެއްގެ ގޮތުގައި ކަމަށެވެ. އަދި، މޫސާ އަންވަރު އައްޔަނުކުރެއްވީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުގެ ނުވަވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާގޮތުގެ މަތިން ކަމަށް މިނިސްޓްރީން މައުލޫމާތު ދެއެވެ.

ފަތުވާ މަޖުލީހުގައި ހިމެނޭ މެމްބަރުން:

-ފަޟީލަތުލްއުސްތާޛުއްޝައިޚު ޑރ. މުޙައްމަދު ރަޝީދު އިބްރާހީމް، (ގ. ގަސްކަރަ) – ރައީސް ޢައްޔަނުކުރައްވާ މެންބަރެއްގެ ގޮތުގައި

-ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން، (ދަފުތަރު. ރސ ނަންބަރު 8104) – ރައީސް ޢައްޔަންކުރައްވާ މެންބަރެއްގެ ގޮތުގައި

-ޑރ. މޫސާ އަންވަރު ޙަސަން، (ދަނޑިމަގު، ރިހިވިލާގެ، ޏ. ފުވައްމުލައް) – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަންކުރައްވާ މެންބަރު

-ޑރ. ޢަލީ ޒާހިރު، (މ. ހިތިމާގެ) – ދިވެހިރާއްޖޭހެ ޤައުމީ ޔުނިވާސީޓީ ނުވަތަ އިސްލާމިކް ޔުނިވާސިޓީގެ އެކަޑަމިކް މުވައްޒަފުންގެ ތެރެއިން، ރައީސް ޢައްޔަންކުރައްވާ މެންބަރު

-އައްޝައިޚް އިލްޔާސް ޙުސައިން، (ސިޕާ، ސ. ހިތަދޫ)، – މިނިސްޓަރުގެ ލަފާގެ މަތިން ޢައްޔަންކުރައްވާ މެންބަރު



More from Muraasilu