ފުލުހުންގެ "މިސްޓަރ ޕޮލިސް" ގެ މަގާމް ސީނިއާ ސާޖަންޓް މިރާޙް ޢަބްދުﷲ ހޯދައިފި

Tue, 22 Oct 2024 07:00 AM

View on this article on Minivan

ފުލުހުންގެ "މިސްޓަރ ޕޮލިސް" ގެ މަގާމް ސީނިއާ ސާޖަންޓް މިރާޙް ޢަބްދުﷲ ހޯދައިފި



ސްޕޯޓްސް ފިޒީކް ޗެމްޕިއަންޝިޕްގެ "މިސްޓަރ ޕޮލިސް" ހޮވުމަށް ބޭއްވި ބޮޑީ ބިލްޑިންގ މުބާރާތުގެ "މިސްޓަރ ޕޮލިސް" ގެ މަގާމު ސީނިއާ ސާޖަންޓް މިރާޙް ޢަބްދުﷲ ހޯދައިފި އެވެ.

ބޮޑީބިލްޑިނގ އެސޯޝިއޭޝަން އޮފް މޯލްޑިވްސް އާއި ޕޮލިސްކުލަބް ގުޅިގެން ބާއްވާފައިބާ މުބާރާތެކެވެ. އެ މުބާރާތުގެ "މިސްޓަރ ޕޮލިސް" ގެ މަގާމު ހޯދާ ފަރާތަކަށް އެލިއާ އިންވެސްޓްމަންޓުން ވަނީ "ޔަމަހާ އެންމެކްސް 155″ މޮޓޯ ސައިކަލެއް ހުށަހަޅާފައެވެ. އަދި އޭގެ އިތުރުން ބްލޭޒް ފިޓނަސް ސެންޓަރުގެ ބްރޭންޑް އެމްބަސެޑަރ ކަމާއި ޖިމް އޯލް އާއި އެޕަޓައިޓް ގެ ފަރާތުން 3 އަހަރު ދުވަހުގެ ޑިސްކައުނޓް ކާޑެއްވެސް ހުށަހަޅާފައިވެއެވެ.

ރޭ އިސްކަންދަރު ކޮށީގައި ބޭއްވި އެ މުބާރާތުގެ "މިސްޓަރ ޕޮލިސް" ގެ މަގާމުގެ އިތުރުން މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 180 ސެންޓިމީޓަރު ކެޓަގަރީން ވެސް މިރާޙް ވަނީ 1 ވަނަ ހޯދާފައެވެ. އެ ކެޓަގަރީން ދެވަނަ ހޯދާފައިވަނީ ސީނިއާ ސާޖަންޓް އިނާޒް ޔޫސުފެވެ. އަދި ތިންވަނަ ލިބިފައިވަނީ ސަބް އިންސްޕެކްޓަރ ޢަލީ އަމަން އަށެވެ.

މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 165 ސެންޓިމީޓަރު ކެޓަގަރީން 1 ވަނަ ހޯދީ ޢަބްދުލް ރަޙްމާން މިޖާދު އެވެ. އެ ކެޓަގަރީން 2 ވަނަ ސީނިއާ ސާޖަންޓް މުޙައްމަދު އަޒާމް އެވެ. އަދި އެ ކެޓަގަރީން 3 ވަނަ އަށް ލިބިފައިވަނީ ސާޖަންޓް މުޖުތަބާ މުޙައްމަދު އަށެވެ.

މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 170 ސެންޓިމީޓަ ކެޓަގަރީން1 ވަނަ ލިބިފައިވަނީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ކާމިލް އަށެވެ. އަދި އެ ކެޓަރީން ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މޫސާ ރަޝީދު 2 ވަނަ ހޯދި އިރު އެ ކެޓަގަރީން 3 ވަނަ ހޯދާފައިވަނީ ސަބް އިންސްޕެކްޓަ އޮފް ޕޮލިސް އަޖުވަދު އަޝްރަފް އެވެ.

މެންސް ސްޕޯޓްސް ފިޒީކް އަޕްޓު 175 ސެންޓިމީޓަރު ކެޓަރީން 1 ވަނަ ކާމިޔާބުކުރީ ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޝާހިދު އެވެ. އެ ކެޓަގަރީން .2 ވަނަ ސީނިއާ ސާޖަންޓް މުޙައްމަދު އަޒްމީލް ހޯދިއިރު 3 ވަނަ ލިބިފައިވަނީ ކޮންސްޓަބަލް ހުމައިދު ޢަލީ އަށެވެ.

ހަތަރު ކެޓަގަރީއަކުން އެ މުބާރާތުގައި 12 ފުލުހަކު ވަނީ ވާދަކޮށްފައި އެވެ.


More from Minivan