ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓް ފްރީޒްކުރެވޭ އުސޫލު ހަރުކަށިކޮށްފި

Tue, 22 Oct 2024 09:09 AM

View on this article on Minivan

ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓް ފްރީޒްކުރެވޭ އުސޫލު ހަރުކަށިކޮށްފި

ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކު އެކައުންޓު ހުރި ފައިސާ ހިފެހެއްޓުމަށް އޮންނަ އުސޫލަށް ބަދަލުގެ ގެނެސް މީރާއަށް އަވަހަށް ފިޔަވަޅު އެޅޭ ގޮތަށް އުސޫލު އިސްލާހުކޮށްފިއެވެ.



ބޭންކު އެކައުންޓުގައި ހުރި ފައިސާ ހިފެހެއްޓުމާއި ބޭންކު އެކައުންޓު ބެލުމުގައި އަމަލުކުރާނެ ގޮތުގެ އުސޫލުގެ ދަށުން ޓެކްސް ނުދައްކާ ފަރާތެއްގެ އެކައުންޓުގައި ހުރި ފައިސާ ވަކި ޝަރުތުތަކާއެކު ހިފެހެއްޓުމުގެ ބާރު މީރާއަށް ލިބެއެވެ. އެގޮތުން މީގެ ކުރިން ފިޔަވަޅު އެޅޭނީ ޓެކްސްފައިސާ ދައްކަން ޖެހޭ މުއްދަތު ހަމަވެ 60 ދުވަސް ފާއިތުވުމަށްފަހުއެވެ. ނަމަވެސް އެ އުސޫލަށް މިހާރު އަލަށް ގެނައި އިސްލާހުގައި އެ ފަރާތްތަކަށް ދޭން ޖެހޭ ނޯޓިސްތައް ދިނުމަށް ފަހު ވަގުތުން މީރާއަށް ފިޔަވަޅު އެޅޭނެއެވެ.

މީގެއިތުރުުން ޓެކްސް ބަޔާން ހުށަނޅާ ފަރާތްތަކާމެދު ނުވަތަ ފައިސާ ނުދައްކާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެގޮތުގެ ޢާންމު އުސޫލުގައި ބަޔާންކޮށްފައިވަނީ ޓެކްސް ނުދައްކާ ފަރާތްތަކަށް 30 ދުވަހުގެ ދެ ނޯޓިސް ދޭންޖެހޭނެކަމަށެވެ. ނަމަވެސް އެ އުސޫލަށް މިހާރު ގެނެސްފައިވާ އިޞްލާހުގައިވަނީ ނޯޓިސް މުއްދަތު 15 ދުވަހަށް ކުޑަކޮށްފައެވެ. އަދި ޓެކްސް ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރުމަށްފަހު އެއް މަރުހަލާއިން އަނެއް މަރުހަލާއަށް ދިއުމަށް އޮންނަ މުއްދަތުވެސް ވަނީ 5 ދުވަހަށް ކުޑަކޮށްފައެވެ. މީގެ ކުރިން އޮންނަނީ 15 ދުވަހުގެ މުއްދަތެކެވެ.

The post ޓެކްސް ނުދައްކާ ފަރާތްތަކުގެ ބޭންކް އެކައުންޓް ފްރީޒްކުރެވޭ އުސޫލު ހަރުކަށިކޮށްފި first appeared on Minivan.



More from Minivan