ނޯޓިސް ނުދީ ޒިޔާ ކުއްލިއަކަށް ވަކިކޮށްފި، ވިދާޅުވީ ޒާތީ ކަމެއް ކަމަށް

Tue, 22 Oct 2024 08:59 AM

View on this article on Minivan

ނޯޓިސް ނުދީ ޒިޔާ ކުއްލިއަކަށް ވަކިކޮށްފި، ވިދާޅުވީ ޒާތީ ކަމެއް ކަމަށް

ރައްޔިތުން މަޖިލީހުގެ މީޑިއާ އެންޑް ކޮމިއުނިކޭޝަން ޑިރެކްޓަރުގެ މަގާމުން ހަސަން ޒިޔާއު (ޒިޔާ) ކުއްލި ގޮތަކަށް ވަކިކޮށްފި އެވެ.

ޒިޔާ މަގާމުން ވަކިކޮށްފައި ވަނީ ޕާލިމަންޓަރީ ސާވިސްގެ ކޯޑް އޮފް ކޮންޑަކްޓާ ހިލާފުވުމުގެ ސަބަބުން ކަމަށް މަޖިލީހުން ވަނީ ބުނެފަ އެވެ. ނަމަވެސް، އެއީ ކޮން ކަމަކާ ގުޅޭ ގޮތުން ކަމެއް ހާމައެއް ނުކުރެ އެވެ.

ޒިޔާ ވަނީ ވެސް މަޖިލީހުގެ މީޑިއާ ވަޓްސްއެޕް ގްރޫޕްގައި މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ހިއްސާ ކޮށްފަ އެވެ. އޭނާ އެންމެ ފަހުން ގްރޫޕަށް ފޮނުވީ އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމަކަށް މީޑިއާއަށް ދައުވަތު ދިނުމުގެ މެސެޖެވެ.

މީޑިއާ ގްރޫޕުން ނުކުތުމުގެ ކުރިން ޒިޔާ ފޮނުވި ދިގު މެސެޖެއްގައި ވިދާޅުވީ ޑިރެކްޓާ ކޮމިއުނިކޭޝަންގެ މަގާމަކީ ސިޔާސީ މަގާމަކަށް ނުވާއިރު އޭނާ މަގާމުން ވަކިކޮށްފައިވަނީ ޕާލަމެންޓަރީ ސާވިސްގެ ގަވާއިދާ ހިލާފަށް ކަމަށެވެ.

The post ނޯޓިސް ނުދީ ޒިޔާ ކުއްލިއަކަށް ވަކިކޮށްފި، ވިދާޅުވީ ޒާތީ ކަމެއް ކަމަށް first appeared on Minivan.





More from Minivan