ފިނި މޫސުމަށް ވެލާނާ އެއާޕޯޓް ތައްޔާރުވާން ފަށައިފި

Fri, 04 Oct 2024 10:40 AM

View on this article on Minivan

ފިނި މޫސުމަށް ވެލާނާ އެއާޕޯޓް ތައްޔާރުވާން ފަށައިފި

މިއަހަރުގެ ފިނި މޫސުމަސްވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތައްޔާރުވުމުގެ ގޮތުން އެ އެއާޕޯޓް ގެ އޮޕަރޭޝަންސް ޑިވިޝަނުން މިއަދު ބައްދަލުވުމެއް ބާއްވައިފި އެވެ.



ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ހިންގާ އެމްއޭސީއެލް އިން ބުނެފައިވަނީ އެ ބައްދަލުވުމިގެ މަޤްސަދަކީ ކުރިއަށް އޮތް ފިނި މޫސުމުގައި ފެށޭ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަންގައި އެއާޕޯޓްގައި ދިމާވާ ގޮންޖެހުންތަކައި ގުޅޭގޮތުން މަޝްވަރާކޮށް އެ ކަންކަން ހައްލުކުރަން މަސައްކަތްތައް އިންތިޒާމު ކުރުން ކަމަށެވެ.

ވިންޓަރ ރެޑިނަސް ނަމުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، ކުންފުނިން ވިންޓަރ މިއަހަރުގެ ފިނި މޫސުމުގައި އަންނަ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައި ސީޒަނަށް ތައްޔާރުވަމުންދާއިރު އައު ބެގޭޖް ހޭންޑްލިންގ ސިސްޓަމެއް ތަޢާރަފުކުރުމަށް މަސައްކަތްކުރައްވަމުންދާ ކަމަށާއި، އެ އައު ބެގޭޖު ސިސްޓަމުގެ ސަބަބުން އެއަރޕޯޓުގެ މަސައްކަތްތައް މިހާރަށްވުރެ އިތުރަށް އަވަސްވެ، ފަސިންޖަރުންނަށް ދެމުންގެންދާ ޙިދުމަތުގެ ފެންވަރު ރަނގަޅުވެގެންދާނެކަމަށެވެ.

އޭގެ އިތުރަށް މިހާރު ބޭނުންކުރާ ޓާމިނަލްގެ ތަނަވަސްކަން އިތުރުކުރުމަށްވެސް މަސައްކަތްތަކެއް ކުރަމުންގެންދަވާކަމަށް ވިދާޅުވިއެވެ.

ޔޫރަޕްގެ ފިނި މޫސުމަކީ ދިވެހިރާއްޖެއަށް އެއްމެ ގިނައިން ޔޫރަފް ގެ ފަތުރުވެރިން ޒިޔާރަތްކުރާ މޫސުމަށްވާތީ ރާއްޖޭގެ ފަތުރުވެރިކަމުގެ ހައިސީޒަނަކީ ޔޫރަޕްގެ ފިނި މޫސުމަށް ވަނީ ވެފައެވެ.

The post ފިނި މޫސުމަށް ވެލާނާ އެއާޕޯޓް ތައްޔާރުވާން ފަށައިފި first appeared on Minivan.



More from Minivan