އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް އިޒްރޭލުން ބަދަލު ހިފާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

Thu, 03 Oct 2024 09:55 PM

View on this article on Minivan

އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް އިޒްރޭލުން ބަދަލު ހިފާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ

އީރާނަށް "މިއަދު" ހަމަލާއެއް ނުދިން ނަމަވެސް މުސްތަގުބަލުގައި އީރާނުގެ ތެޔޮ އުފައްދާ ތަންތަނަށް އިސްރާއިލްގެ ހަމަލާތައް އަމާޒުކުރުމަކީ އޮތްފުރުސަތެއް ކަމުގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ބުނުއްވައިފިއެވެ.



އީރާނުން އިސްރާއީލަށް ދިން މިސައިލް ހަމަލާތަކާ ގުޅިގެން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވީ އެ ސަރަހައްދުގައި ނުތަނަވަސްކަން އުފެދިފައިވާ މި ދަނޑިވަޅުގައި އިސްރާއިލުން އީރާނަށް އެއްވެސް ހަމަލާއެއް ދޭނެ ކަމަށް އުންމީދު ނުކުރައްވާ ކަމަށެވެ. އަދި ނޫސްވެރިއަކު އިސްރާއިލަށް ބަދަލުހިފުމުގެ ހުއްދަ ދެއްވަފާނަންތޯ ސުވާލުކުރުމުން ބައިޑެން ވިދާޅުވީ ފުރަތަމަ ކަމަކަށް އިޒްރޭލަށް "ހުއްދަ" ނުދޭ ކަމަށާއި އިޒްރޭލަށް ނަސޭހަތްތެރިވާ ކަމަށެވެ.

ބައިޑަން އިތުރަށް ވިދާޅުވީ މިސައިލް ހަމަލާއާ ގުޅިގެން އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް އިޒްރޭލުން ބަދަލު ހިފާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާ ކަމަށެވެ.

ރައީސް ބައިޑަންގެ އެ ވާހަކައާއި ގުޅިގެން ދުނިޔޭގެ ތެލުގެ އަގު މިއަދު ވަނީ އުފުލިފަ އެވެ.

The post އީރާނުގެ ތެލުގެ އިންފްރާސްޓްރަކްޗާ ތަކަށް އަމާޒުކޮށް އިޒްރޭލުން ބަދަލު ހިފާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރަމުންދާކަމަށް އެމެރިކާގެ ރައީސް ވިދާޅުވެއްޖެ first appeared on Minivan.



More from Minivan