ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

Fri, 26 Apr 2024 07:30 PM

View on this article on Minivan

ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭގައި މިރޭ ހަވާ އަރުވާ ގޮތަށް ހަމަޖެހިއްޖެއެވެ.



އެމްއެންޑީއެފުން ބުނީ ހަވާ އެރުވުމަށް ހަމަޖެހިފައިވަނީ ހުޅުމާލެ ފޭސް 1 ގެ ދިރާގު އޮފީސް ކައިރިން މިރޭ 9:30 ގައި ކަމަށެވެ. އެއީ ނިރޮޅުމަގު، ހުޅުމާލެ ފުރަތަމަ ފިޔަވައްސާއި ދެވަނަ ފިޔަވަހި ގުޅުވައިދޭ ބްރިޖު ކައިރިއެވެ.

މި ހަރަކާތަކީ ސިފްކޯ އިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއް ކަމަށް އެމްއެންޑީއެފުން ބުނެފައި ވީ ނަމަވެސް ހަވާ އަރުވަނީ ކޮން ކަމަކާ ގުޅިގެން ކަމެއް ބުނެފައެއް ނުވެއެވެ.

އެމްއެންޑީއެފުން ބުނި ގޮތުގައި ހަވާ އެރުވުމަށް ހަމަޖެހިފައި ވަނީ ތިން މިނެޓެއްހާ އިރަށެވެ.

މިދިޔަ ހޯމަ ދުވަހުގެރޭ އާޓިފިޝަލް ބީޗު ސަރަހައްދުގައި ވެސް ވަނީ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީއެންސީއަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން ހަވާ އަރުވާފައެވެ.

The post ހުޅުމާލޭގައި މިރޭ ހަވާ އަރުވަނީ first appeared on Minivan.



More from Minivan