ސަފީރުކަމުގެ މަގާމަށް 9 ބޭފުޅުން އައްޔަންކުރައްވައިފި

Tue, 07 May 2024 03:46 PM

View on this article on Minivan

ސަފީރުކަމުގެ މަގާމަށް 9 ބޭފުޅުން އައްޔަންކުރައްވައިފި

ބޭރު ގައުމުތަކަށާއި، ބައިނަލްއަގްވާމީ ޖަމްއިއްޔާތައް ހިމެނޭގޮތަށް، ރައީސް ޑރ. މުހައްމަދު މުއިއްޒު، ނުވަ ސަފީރަކު އައްޔަނު ކުރައްވައިފިއެވެ.



ސަފީރު ކަމުގެ މަގާމަށް މި ބޭފުޅުން އައްޔަނުކުރައްވާފައި ވަނީ މިއަދު ރައީސް އޮފީހުގައި ކުރިއަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.

ސަފީރުކަމުގެ މަގާމަށް އައްޔަނު ކުރެއްވި 9 ބޭފުޅުން:

  1. އެކުވެރި އަރަބި އިމާރާތަށް ކަނޑައަޅާ ސަފީރުކަމަށް، މ. ކޮތަންމާގެ، މުހައްމަދު ހުސައިން ޝަރީފު
  2. އިނގިރޭސިވިލާތަށް ކަނޑައަޅާ ސަފީރުކަމަށް، ހ. އޯކިޑް، އިރުތިޝާމް އާދަމް
  3. ޕީޕަލްސް ރިޕަބްލިކް އޮފް ޗައިނާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ފަށަލަ، ޑޮކްޓަރ ފަޟީލް ނަޖީބު
  4. އެކުވެރި ދައުލަތްތަކުގެ ޖަމްޢިއްޔާއަށް ކަނޑައަޅާ ސަފީރުކަމަށް، ޑޮކްޓަރ އަލީ ނަސީރު މުހައްމަދު
  5. ކިންގްޑަމް އޮފް ބެލްޖިއަމްއަށާއި، ޔޫރަޕިއަން ޔޫނިއަންއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ގީލާވިލާ، ޤީލާ އަލީ
  6. މެލޭޝިއާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ރުއްފުށި، ޑޮކްޓަރ މަރްޔަމް ޝަބީނާ އަހުމަދު
  7. ދަ ޑިމޮކްރެޓިކް ސޯޝަލިސްޓް ރިޕްބްލިކް އޮފް ސްރީލަންކާއަށް ކަނޑައަޅާ ސަފީރުކަމަށް، މ. ތުޅާގިރި، މަސްއޫދު އިމާދު
  8. ޖެނީވާގައި ހުންނަ އެކުވެރި ދައުލަތްތަކުގެ މަރުކަޒުތަކަށް، ކަނޑައަޅާ ދާއިމީ މަންދޫބުކަމަށް، މ. ވިލާދަށުގެ، ޑޮކްޓަރ ސަލްމާ ރަޝީދު
  9. ރިޕަބްލިކް އޮފް ސިންގަޕޫރަށް ކަނޑައަޅާ ސަފީރުކަމަށް، މއ. ދިލާސާގެ، މުހައްމަދު ލުވޭޒު

މިބޭފުޅުންނަށް ސަފީރުކަމުގެ ފަތްކޮޅު އެރުވުމަށް ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް އަދި ފޮރިން މިނިސްޓަރު މޫސާ ޒަމީރު ބައިވެރިވެވަޑައިގެންފައިވެއެވެ.

The post ސަފީރުކަމުގެ މަގާމަށް 9 ބޭފުޅުން އައްޔަންކުރައްވައިފި first appeared on Minivan.



More from Minivan