ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

Tue, 07 May 2024 03:53 PM

View on this article on Minivan

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި

ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.



ފުލުހުން ބުނީ އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެެރެއިން ޅ. އަތޮޅު ޕޮލިސް ސްޓޭޝަންތަކުގެ ބެލުމުގެ ދަށުގައި ހުރި 105 ފުޅި ބަނގުރަލާއި 57 ދަޅު ބިޔަރި މިދިޔަ މާޗް މަހުގެ 5 ވަނަ ދުވަހު ނައްތާލާފައިވާ ކަމަށެވެ.

މިތަކެއްޗަކީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން މި އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޅ. މަޑިވަރު ޑޮމެސްޓިކް އެއާޕޯޓުން ފުރަންދިޔަ ފަތުުރުވެރިންގެ އަތުން އެމްއެންޑީއެފް އިން ހިފަހައްޓައި ފުލުހުންނާ ހަވާލުކޮށްފައިވާ ތަކެއްޗާއި އެކި މައްސަލަތަކުގައި ހިންނަވަރު ޕޮލިސް ސްޓޭޝަނުގެ ބެލުމުގެދަށަށް ގެނެސްފައިވާ ތަކެތި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ބުނީ ބަނގުރާ ނައްތާލުން ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރާގެ މައްސަލަތަކާ ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ގަވާއިދުގެ ދަށުން އެކަަމަށްޓަކައި އެކުލަވާފައިވާ ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށެވެ.

 

The post ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފި first appeared on Minivan.



More from Minivan