ސްކޭމް ކޯލްތައް ހުއްޓުވުމަށް ދިރާގުން ޑީއެންއާރާއެކު އެއްބަސްވުމެއް

Thu, 25 Apr 2024 08:37 PM

View on this article on Minivan

ސްކޭމް ކޯލްތައް ހުއްޓުވުމަށް ދިރާގުން ޑީއެންއާރާއެކު އެއްބަސްވުމެއް

އޮޅުވާލައިގެން ކުރާ ކޯލްތަކާއި، ސިމްތައް ނެގުން ހުއްޓުވުމަށް ދިރާގުން، ޑިޕާޓްމަންޓް އޮފް ނެޝަނަލް ރަޖިސްޓްރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.



މިކަމާ ގުޅޭގޮތުން ދިރާގުން ބުނީ، މި އެއްބަސްވުމަކީ، ޑީއެންއާރުން ބަލަހައްޓަމުންގެންދާ ދިވެހިރައްޔިތުންގެ މަޢުލޫމާތު، ދިރާގާއެކު ޙިއްޞާ ކުރުމަށް، ދެ ފަރާތުން ގެންގުޅެންޖެހޭނެ އުޞޫލުތައް ބަޔާންކޮށް ވެވިފައިވާ އެއްބަސްވުމެއް ކަމަށެވެ.

މި އެއްބަސްވުމުގައި ސޮއިކުރުމާއި ގުޅިގެން، ޑީ.އެން.އާރުގެ އޭ.ޕީ.އައި އޮތެންޓިކޭޝަން ކްރިޑެންޝަލްސް މެދުވެރިކޮށް ޑީ.އެން.އާރުން ބަލަހައްޓަމުން އަންނަ ދިވެހި ރައްޔިތުންގެ މަޢުލޫމާތު ދިރާގާ ހިއްސާ ކުރެވިގެންދާނެއެވެ. އަދި މި އެއްބަސްވުމުގެ ދަށުން ދިރާގުން ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތަކުގެ ޞައްހަކަށް ޑީ.އެން.އާރުގެ ޑޭޓާ މެދުވެރިކޮށް ސައްޙަކަން ކަށަވަރުކުރެވޭނެއެވެ.

ދިރާގުން ބުނީ މި އެއްބަސްވުމުގެ ސަބަބުން މިހާރު ޢާންމު ވަމުން މިދާ ސްކޭމް ކޯލްތައް ހުއްޓުވުމަށް ވަރަށް ބޮޑަށް އެހީތެރިވެދޭނެ ކަމަށެވެ. އެއީ ކޮންމެ މީހަކުވެސް ސިމްކާޑެއް ނަގަން ދިއުމުން ނުވަތަ ދިރާގުގެ އެއްވެސް ޚިދުމަތެއް ނަގާނަމަ އެ ފަރާތެއްގެ މަޢުލޫމާތު ޑީ.އެން.އާރު ގައި ހުރި މަޢުލޫމާތު ބޭނުންކޮށްގެން ވެރިފައި ކުރެވޭނެތީއެވެ. އަދި އޮޅުވާލައިގެން ސިމްކާޑު ނެގުންވެސް މީގެން ހުއްޓުވިގެން ދާނެ ކަމަށްވެސް ދިރާގުން ބުނެއެވެ.

The post ސްކޭމް ކޯލްތައް ހުއްޓުވުމަށް ދިރާގުން ޑީއެންއާރާއެކު އެއްބަސްވުމެއް first appeared on Minivan.



More from Minivan