ފިކުރުކޮށްލުމަށް އެދި އަދުރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި މާނަފުން ޅެން

Sun, 05 May 2024 02:55 PM

View on this article on Minivan

ފިކުރުކޮށްލުމަށް އެދި އަދުރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި މާނަފުން ޅެން

އެއީ މާނަފުން ޅެމެކެވެ. ނަސޭހަތެކެވެ. އެދުމެކެވެ. މާނަވަނީ ޅެންވެރިޔާގެ ބަނޑުގައޭ ބުނެ އުޅޭ ފަދައިން، "ފިކުރުކޮށްލަބަލަ!" މިޅެން ރައްދުކޮށްފައި މިވަނީ ކާކަށްކަން އެނގޭނީ އަބްދުއްރަހީމް އަބްދުﷲ (އަދުރޭ)އަށް އެކަންޏެވެ. އެހެންނަމަވެސް ޅެން އަމާޒުކޮށްފައިވަނީ ކޮންމެވެސް ބޭފުޅަކަށް، ހިނގާދިޔަ މުހިއްމު ހާދިސާއަކާ ގުޅިގެންކަން އެނގެއެވެ،



އެބޭފުޅަކު ގޯސްތަކެއް ހައްދަވައިފި ކަމަށް އަދުރޭ ގަބޫލުކުރައްވައެވެ. އެކަން އެބޭފުޅަކުވެސް ގަބޫލުކުރެއްްވުމަށް އެދިލައްވާފައިވެއެވެ.

 

ގައުމަށްވުރެ އެބޭފުޅަކު އަމިއްލަ މަސްލަހަތު އިސްކުރެއްވުމުން ވާނެ ގޮތް އެބޭފުޅަކަށް ވަޒަން ނުކުރެއްވުނުކަން ނުސީދާކޮށް ބުނެދީފައިވެއެވެ.

ހެވާއިި ނުބައި ވަކިކުރައްވަން އެނގިވަޑައިނުގަތުމުން ވާ ގެއްލުމަށް ފިކުރުކޮށް ނުލެވުނީހޭ އެއްސެވުމާއެކު، މާޒީގައި ހެއްދެވުނު ގޯސްތައް ފަހުމްވެވަޑައި ގަތުމުންވެސްް އިއްޔެގެ އެ ގޯސްތައް ދޫކުރައްވައި ހިންގަވަން ކެރިވަޑައި ނުގަންނަވަނީތޯވެސް އައްސަވާފައިވެއެވެ.

އެންމެ ފަހު ޅެން ބައިތު އަޅުގަނޑު މިގުޅުވާލަނީ ސިޔާސީ މައިދާނަށެވެ. އަމާޒު މިކުރަނީ އެމަނިކުފާނުގެ އޭރުގެ ގާތް އަރިސް ބޭފުޅަކަށެވެ. އަދުރޭ ވިދާޅުވާ ގޮތުންނަމަ އިއްޔެއާ މިއަދު ފެންނަމުންދަނީ ތަފާތު މަންޒަރުތަކެކެވެ. ހަގީގަތްތަކެކެވެ. އެކަންކަން ފެނިވަޑައިގަތުމުން ތަދާއި ވޭނުގައި ހިތް ފަޅައިގެން ނުދަނީތޯ ވެސް އަދުރޭ އެބޭފުޅެއްގެ ކިބައިން އައްސަވާފައިވެއެވެ.

The post ފިކުރުކޮށްލުމަށް އެދި އަދުރޭ ސޯޝަލް މީޑިއާއަށް ދޫކޮށްލި މާނަފުން ޅެން first appeared on Minivan.



More from Minivan