ފަރެސްމާތޮޑާ އަށް 16 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

Sun, 05 May 2024 11:14 AM

View on this article on Minivan

ފަރެސްމާތޮޑާ އަށް 16 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި

މާލެ އިން ފުރައިގެން ގދ. ފަރެސްމާތިޑާއަށް 16 މީހުންނާއެކު ދަތުރު ކުރަމުން ދިޔަ ބޯޓެއްފަރަށް އަރައިފިއެވެ.



އެމްއެންޑީއެފުން ބުނީ، 16 މީހުންނާ އެކު ދަތުރު ކުރަމުން ދަތުރުކުރަމުން ދިޔަނިކޮށް ފަރަށް އަރާފައިވަނީ "ރޯޝަނީ" ނަމަކަށް ކިޔާ ބޯޓެއް ކަމަށާއި، އެބޯޓުން ދަތުރުކުރި އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.

އެ ބޯޓު ފަރަށް އެރުމާއި ގުޅިގެން އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ސިފައިން ޑައިވަރުން އެ ސަރަހައްދަށް ގޮސް އެހީތެރިކަން ފޯރުކޮށްދޭން ފަށި ކަމަށް އެމްއެންޑީއެފުން ބުންޏެވެ.

އެމްއެންޑީއެފުން ބުނީ އެ ބޯޓު އަދި ފުން ނުކުރެވޭ ކަމަށާއި، ދިޔަ ބޮޑު ވުމުގެ ސަބަބުން ބޯޓު ކަފު ޖަހާނެ ދޯންޏެއް އައުމާއެކު ފުން ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށެވެ.

އޭގެ އިތުރުން، ފާސްޓް އިންޓަސެޕްޓާ ކްރާފްޓް ޑައިވަރުންނާއެކު ބޯޓު ފުން ކުރުމުގެ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދޭން ފަށާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

The post ފަރެސްމާތޮޑާ އަށް 16 މީހުންނާއެކު ދަތުރުކުރަމުން ދިޔަ ބޯޓެއް ފަރަށް އަރައިފި first appeared on Minivan.



More from Minivan