މޯލްޑިވިއަންގެ އައު އޭޓީއާރު ގެނައުމުގެ ތައްޔާރީތައްވެ ނިމިއްޖެ

Thu, 25 Apr 2024 04:33 PM

View on this article on Minivan

މޯލްޑިވިއަންގެ އައު އޭޓީއާރު ގެނައުމުގެ ތައްޔާރީތައްވެ ނިމިއްޖެ

ދިވެހި ޤައުމީ އެއާލައިން މޯލްޑިވިއަންގެ އުދުހުންތަކުގައި ބޭނުންކުރުމަށް ގެނައުމަށް ނިންމި އައު ބޯޓު ގެނައުމަށްޓަކައި ކުރަންޖެހޭ ތައްޔާރީތައްވެ ނިމިފައިވާކަމަށް މޯލްޑިވިއަނުން ބުނެފިއެވެ.



މޯލްޑިވިއަނުން މިއަދު ބުނީ، އެ އެއާލައިންގެ އައު ފްލީޓް، އޭޓީއާރު 600-42 މަރުކާގެ އައު ބޯޓު ރާއްޖެ ގެނައުމަށް ކުރަންޖެހޭ ހުރިހާ އިންސްޕެކްޝަންތައް ކޮށް ނިމިފައިވާކަމަށެވެ.

މޯލްޑިވިއަނުން ވަނީ އޭޓީއާރު މަރުކާގެ އައު ދެ ބޮޓު ގެނައުމަށް ފްރާންސްގެ އޭޓީއާރު ކުންފުންޏާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މީގެ ތެރެއިން ގެންނަ ފުރަތަމަ ބޯޓު މިހިނގާ އޭޕްރިލްމަސް ނިމުމުގެ ކުރިން ގެންނާނޭކަމަށް މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން މީގެ ކުރިން ވަނީ ބުނެފައެވެ. ދެވަނަ ބޯޓު އަންނަ އަހަރުގެ ކުރީކޮޅު ރާއްޖެ ގެނެވޭނޭކަމަށްވެސް އެކުންފުނިން ބުނެއެވެ.

މިފަހަރު ގެންނަ އޭޓީއާރު 600-42 މަރުކާގެ އައު ބޯޓަކީ 46 ފަސެންޖަރުންގެ ޖާގައިގެ ބޯޓެކެވެ. މި ބޯޓަކީ މިހާރު މޯލްޑިވިއަނުްނ ބޭނުން ކުރަމުން އަންނަ ޑޭޝް ބޯޓުތަކަށްވުރެ، ޒަމާނީ ބޯޓެކެވެ. އެގޮތުން އޭޓީއާރު މަރުކާގެ މި ބޯޓުގެ ތެލުގެ ހަރަދާއި، މެއިންޓަނަންސް ހަރަދުވެސް ވަރަށްބޮޑުތަން ކުޑަވެގެންދާނޭކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

މޯލްޑިވިއަންގެ ދަތުރުތަކުގެ ޑިމާންޑް ބޮޑުވެފައިވާއިރު، މިހާރުވެސް އެ އެއާލައިނުގެ އޮޕަރޭޝަންތަކުގައި އޭޓީއާރު މަރުކާގެ ތިން ބޯޓު ދަނީ ބޭނުންކުރަމުންނެވެ. އެއީ އޭޓީއާރު 600-42 މޮޑެލްގެ އިތުރުން 600-72 މޮޑެލްގެ ދެ ބޯޓެވެ.

 

The post މޯލްޑިވިއަންގެ އައު އޭޓީއާރު ގެނައުމުގެ ތައްޔާރީތައްވެ ނިމިއްޖެ first appeared on Minivan.



More from Minivan