ބައި-އިލެކްޝަންގައި މިހާތަނަށް %25.94 މީހުން ވޯޓުލައިފި

Sat, 04 May 2024 01:00 PM

View on this article on Minivan

ބައި-އިލެކްޝަންގައި މިހާތަނަށް %25.94 މީހުން ވޯޓުލައިފި

މިއަދު ކުރިއަށްދާ ލޯކަލް ކައުންސިލްތަކާ ގުޅޭ ބައި އިލެކްޝަންގައި މިހާތަނަށް 25.94 މީހުން ވޯޓުލާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.



އީސީން "އެކްސް" ގައި އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުން މިއަދުގެ 12 ޖެހުމާ ހަމަޔަށް 1366 މީހުން ވަނީ ވޯޓު ލާފައެވެ. އޭގެ ތެރޭގައި، 728 ފިރިހެނުންނާއި 638 އަންހެނުން ހިމެނެއެވެ.

އަދި މިހާހިސާބަށް އާއިރު، އަދިވެސް ވޯޓު ނުލައި 3901 މީހުން އެބަތިއްބެވެ. އެއީ %74.06 އިންސައްތަ މީހުންނެވެ.

މިއަދު ކުރިއަށްދަނީ މ. މަޑުއްވަރީ ކައުންސިލްގެ ރައީސް، ހއ. އުތީމު، ނ. ލަންދޫ، ނ. ވެލިދޫ ކައުންސިލްގެ މެންބަރު އަދި ހއ. ތަކަންދޫ، ރ. އިންނަމާދޫ ކައުންސިލްގެ އަންހެން މެންބަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނުގެ ވޯޓުލުމެވެ.

މި ބައި-އިލެކްޝަންތަކުގެ ވޯޓުލުން ކުރިއަށްދާނީ ހެނދުނު 08:00 އިން ހަވީރު 04:00 އަށެވެ.

އީސީން ބުނި ގޮތުގައި މި ބައި-އިލެކްޝަންތަކުގައި ވޯޓުލުމަށް 11 ފޮށި ވަނީ ބަހައްޓާފައެވެ. އެގޮތުން މާލޭގައި ވޯޓުލުމަށް 3 ފޮށި ބަހައްޓާފައިވާއިރު، މި ފޮށިތައް ހުންނާނީ ދަރުބާރުގޭގައެވެ. އަދި އަތޮޅުތަކުގައި 9 ފޮށި ބަހައްޓާފައިވާއިރު، ވެލިދޫގައި 3 ފޮށި، ބާކީ އޮތް 5 ރަށުގައި ފޮއްޓެއް ބަހައްޓާފައިވެއެވެ.

މި ބައި އިލެކްޝަންތަކުގައި 5،267 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިފައިވެއެވެ.

The post ބައި-އިލެކްޝަންގައި މިހާތަނަށް %25.94 މީހުން ވޯޓުލައިފި first appeared on Minivan.



More from Minivan