މިއަހަރުގެ "އިސްލާމިކް ސަމިޓް" ގައި މިނިސްޓަރ ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ

Sat, 04 May 2024 09:51 AM

View on this article on Minivan

މިއަހަރުގެ "އިސްލާމިކް ސަމިޓް" ގައި މިނިސްޓަރ ޝަހީމް ބައިވެރިވެވަޑައިގަންނަވަނީ



އިސްލާމީ ގައުމުތަކުގެ އެންމެ އިސްވެރިންގެ 15 ވަނަ ސަމިޓު (އިސްލާމިކް ސަމިޓު) ގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް އަލީ ސައީދު ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

އިސްލާމިކް ސަމިޓަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) އިން އިންތިޒާމްކޮށްގެން ގެމްބިޔާގެ ވެރިރަށް ބަންޖުލްގައި ބާއްވާ ސަމިޓެކެވެ.

އެގޮތުން، މިއަދު ފެށުމަށް ހަޖެހިފައިވާ އޯއައިސީ ސަމިޓުގައި ރައީސްގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން އިސްލާމިކް މިނިސްޓަރު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެމަނިކުފާނު ދެއްވާ ތަގުރީރު ޓީވީއިން ދުރަށް ދައްކާނެއެވެ.

ކޮންމެ ތިން އަހަރަކުން އެއް ފަހަރު ބާއްވާ މި ސަމިޓަކީ އިސްލާމީ އުއްމަތަށް ކުރިމަތިވާ އެކިއެކި ކަންތައްތަކާ ގުޅޭގޮތުން އިސްލާމީ ގައުމުތަކުގެ އިސްވެރިން މަޝްވަރާކޮށް، ސިޔާސަތުތައް ކަނޑައަޅައި، އުއްމަތާ ގުޅުންހުރި ކަންކަމުގައި އިރުޝާދު ދިނުމަށް ބާއްވާ ސަމިޓެކެވެ.

މިއަދު ފަށައިގެން މާދަމާގެ ނިޔަލަށް ކުރިއަށްދާ މި ސަމިޓުގެ މިއަހަރުގެ ޝިއާރަކީ "ދެމެހެއްޓެނިވި ތަރައްގީއަށްޓަކައި މަޝްވަރާ މެދުވެރިކޮށް އެއްބައިވަންތަކަން އިތުރުކުރުން" އެވެ.


More from Minivan