ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި

Thu, 25 Apr 2024 02:33 PM

View on this article on Minivan

ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި

ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑު) ގާނޫނުގެ ދަށުން ފްލޯޓިން ސޯލާ ޕެނަލް ބޭނުން ކޮށްގެން މާލެ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދިނުމުގެ މަޝްރޫއެއްގައި ސޮއިކޮށްފިއެވެ.



އިކޮނޮމިކް މިނިސްޓްރީން ބުނީ ސޯލާ ޕެނަލް ހަރުކުރުމުގެ މި ބިޔަ މަޝްރޫއެއް ހިންގުމުގެ ފުރަތަަމަ މަރުހަލާގެ ހުއްދަ ދިނީ ކެނެޑާގެ އެބްރަކްސަސް ޕަަވަ ކޯޕަރޭޝަނަށް ކަމަށެވެ. އެ ޕްރޮޖެކްޓުގެ ޓެކްނިކަލް ޕާޓްނަރަކީ ސަންގްރޯ ޕަވަ ސަޕްލައި ކޯ ލިމިޓެޑްއެވެ.

ގާތްގަނޑަކަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ މި ބިޔަ މަޝްރޫއުގެ ދަށުން ގްރޭޓާ މާލޭ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭން 150 މެގަވޮޓުގެ ފްލޯޓިިން ފޮޓޯ ވޮލްޓައިކް (ޕީވީ) ނިޒާމާއި އެއިން ކަރަންޓު ފޯރުކޮށްދޭން ބޭނުންވާ އުމްރާނީ ވަސީލަތްތައް ގާއިމްކުރެވިގެން ދާނެއެވެ. އަދި ބެޓަރީ ސިސްޓަމަކާ އެކީ މި ނިޒާމު މައި ގްރިޑާ ގުޅާލެވޭނެއެވެ.

އިކޮނޮމިކް މިނިސްޓްރީން މިކަމަށް ހުއްދަ ދިނުމާ ގުޅިގެން ނެރުނު ނޫސް ބަޔާނުގައި ބުނީ މި ހުއްދައިގެ ދަށުން ކުރެވޭނެ މަސައްކަތްތަކަކީ އެސްއީޒެޑު ގާނޫނުގައި ބުނާ ގޮތުގެ މަތިން އިތުރު ދިރާސާ އާއި އެސެސްމަންޓުތައް ހެދުން ކަމަށެވެ. އެއަށްފަހު ދެ ފަރާތުން މަޝްވަރާކޮށްގެން ފަހުގެ ހުށަހެޅުމާ ހަމައަށް ދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

2028 ވަނަ އަހަރާ ހަމައަަށް ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 ޕަސެންޓު އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ނެރުނު ގަރާރުގައިވާ ގޮތުން ސްޕެޝަލް އިނޮމިކް ޒޯނަށް އެންމެ މަދުވެގެން 100 މިލިއަން ޑޮލަރަށް ވުރެ ކުޑަ ނޫން އިންވެސްޓްމަންޓްތަކަށް މިހާރު ހުށަހެޅޭނެ ގޮތަށް ގަވާއިދަށް ވަނީ ބަދަލުގެނެސްފައެވެ.

The post ފްލޯޓިން ސޯލާ ޕެނަލް ހަރުކުރުމުގެ ބޮޑު މަޝްރޫއެއްގައި ސޮއިކޮށްފި first appeared on Minivan.



More from Minivan