އާސަންދަ ކުންފުނި އިސްލާހުކުރުމުގެ މަސައްކަތް ފަށަނީ

Thu, 25 Apr 2024 02:00 PM

View on this article on Minivan

އާސަންދަ ކުންފުނި އިސްލާހުކުރުމުގެ މަސައްކަތް ފަށަނީ

ދައުލަތަށް ބުރަބޮޑު އަދި އިސްރާފު ގިނަ އާސަންދަ ކުންފުނި އިސްލާހުކުރުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ.



ޕަބްލިކް ސާވިސް މީޑިޔާ ނިއުސް އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ޑރ. ޝަފީގު ވިދާޅުވެފައި ވަނީ ދައުލަތަށް ލިބޭ އާމްދަނީ ޚަރަދު ކުރަން ވާނީ ޒިންމާދާރުކޮށް ޚަރަދު ކުޑަކޮށެެވެ. އެހެންކަމުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ދިއުމަށްޓަކައި އާސަންދަ ނިޒާމު އިސްލާޙު ކުރުމަކީ އެއީ މިވަގުތަށް ކުރުން މުހިންމު ކަމެއްގެގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.

"އާސަންދައަކީ ވަރަށް މުހިންމު ޕްރޮގްރާމެއް. ވަރަށް ގިނަ ރައްޔިތުންތަކަށް ފައިދާކުރޭ. އެކަމު އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރަންޖެހޭ އާސަންދައިގެ ކަންތައް ދަނީ އެންމެ ރަނގަޅަށް ނޫންކަން. އިސްރާފް ވަރަށް ބޮޑު. އާސަންދައަށް ދޭ ބަޖެޓު އަހަރުން އަހަރަށް ޑަބަލް ވަމުން އެދަނީ. އެއް ބިލިއަނަށް ބަޖެޓުކުރާ ޚަރަދު 2 ބިލިއަށް އަރާ. 2 ބިލިއަން ބެޖެޓުކުރީމަ 4 ބިލިއަން ޚަރަދުތައް އަރައިގެންދޭ. އެއީ ރައްޔިތުންބޭނުންވާ ގޮތެއް ނޫން." މާލީ ވަޒީރު ވިދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވިގޮތުގައި އާސަންދަ އާއެކު ދައުލަތުގެ އެހެން ކުންފުނިތައް އިސްލާހުކުރުމުގެ އިތުރުން ދައުލަތުން ސަބްސިޑީ ދިނުމުގެ އުސޫލަށްވެސް ބޮޑެތި ބަދަލުތަކެއް ވަނީ ގެންނަން ޖެހިފައެވެ.

The post އާސަންދަ ކުންފުނި އިސްލާހުކުރުމުގެ މަސައްކަތް ފަށަނީ first appeared on Minivan.



More from Minivan