މިދިޔަމަހު ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއް ކުރީ ކެންސަރު ބަލިމީހުންނަށް

Wed, 24 Apr 2024 08:15 PM

View on this article on Minivan

މިދިޔަމަހު ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއް ކުރީ ކެންސަރު ބަލިމީހުންނަށް

މިދިޔަ މާރިޗްމަހުގެ ތެރޭގައި ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއް ކޮށްފައިވަނީ ކެންސަރު ޖެިފައިވާ މީހުންނަށް އެހީވުމަށްކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ބުނެފިއެވެ.



މިއަދު ނެރެ އާއްމުކޮށްފައިވާ މޯލްޑިވްސް ޒަކާތު ހައުސްގެ މާރިޗް މަހުގެ ރިޕޯޓަށް ބަލާއިރު، މިދިޔަ މަހު ކެންސަރު ޖެހިފައިވާ މީހުންގެ ފަރުވާގެ އެކިއެކި ކަންކަމަށް ޖުމްލަ 190،822.50 ރުފިޔާ ވަނީ ހޭދަކޮށްފައެވެ.

ކެންސަރު ބަލީގެ އިތުރުން މިދިޔަ މަހު އެންމެ ގިނައިން ޒަކާތު ފަންޑުން ހޭދަކޮށްފައިވަނީ ހިތުގެ އޮޕަރޭޝަނަށާއި، ޓްރާންސްޕްލާންގެ ހަރަދުތަކުގެ އިތުރުން ސިކުނޑީގެ އޮޕަރޭޝަންތަކަށެވެ.

މާރިޗްމަހު ޒަކާތު ފަންޑުން ކުރި ހޭދަ:

  • ހިތުގެ އޮޕްރޭޝަން: 8،481.00 ރުފިޔާ
  • ޓްރާންސްޕްލާންޓް: 25،443.00 ރުފިޔާ
  • ސިކުނޑީގެ އޮޕްރޭޝަން: 180،407.19 ރުފިޔާ
  • އެހެނިހެން: 279،872.50

މިދިޔަމަހު ޒަކާތު ފަންޑުން ޖުމްލަ 59 މީހަކަށް އެހީދީފައިވާއިރު، އެކިފަރާތްތަކަށް އެހީގެ ގޮތުގައި ޖުމްލަ 878،682.88 ރުފިޔާ ވަނީ ހޭދަކޮށްފައެވެ. ޒަކާތު ފަންޑުން އެހީގެ ގޮތުގައި ދިނުމަށް ކަޑައަޅާފައިވާ އަދަދަކީ 685،026.19 ރުފިޔާއެވެ.

https://twitter.com/ZakatHouseMv/status/1783024313416982967/photo/1

މި މުއްދަތުގެ ތެރޭގައި ސްކޯލާޝިޕް އެހީގެ ގޮތުގައި 44،563.80 ރުފިޔާ ހޭދަކޮށްފައިވާއިރު، އިދާރީ ހަރަދުގެ ގޮތުގައި 374.950.28 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.

ޒަކާތު ހައުސްއިން ބުނީ މިދިޔަ މަހު އެހީ ދީފައިވާ ފަރާތްތަކުގެ ތެރޭގައި އޭގެ ކުރީ ފެބުރުއަރީމަހުގެ ތެރޭގައި އެހީ ހަމަޖެހުނު ފަރާތްތައްވެސް ހިމެނޭ ކަމަށެވެ.

 

The post މިދިޔަމަހު ޒަކާތު ފަންޑުން އެންމެބޮޑު ހޭދައެއް ކުރީ ކެންސަރު ބަލިމީހުންނަށް first appeared on Minivan.



More from Minivan