ސްޓެލްކޯއަކީ ސިޔާސީ ޖަގަހައެއް ނޫން: ފަހުމީ

Wed, 24 Apr 2024 01:28 PM

View on this article on Minivan

ސްޓެލްކޯއަކީ ސިޔާސީ ޖަގަހައެއް ނޫން: ފަހުމީ

ޕީއެންސީއަށް ރައްޔިތުންގެ މަޖިލީހުގެ ސްޕަ މެޖޯރިޓީ ހާސިލުވުގައި ވަރަށް ގިނަބައެއްގެ އެހީތެރިކަމާއި ގުރުބާނީ ހިމެނެއެވެ. އެއިގެ ތެރެއިންވެސް އެންމެ ބުރަކޮން މަސައްކަތްކުރައްވައި އޭ ރިޕޯޓު ހޯއްދެވި އެންމެ އަގުހުރި އެއް ފަހުލަވާނަކީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ކަމީ ޝައްކެތް އޮތް ކަމެއް ނޫނެވެ. ހިތްވަރާ ފަންވަރު ދައްކަވަމުން އެމްޑީ ފަހުމީ ކުރިއަށްވަޑައިގަތީ ރައްޔިތުން ނޯޖެހި އެތައް މެންބަރުންނެއްގެ ފުރައްސާރައާ ހަނގާކުރުމާ ބިރުދެއްކުމުގެ ކުރިމަތީގައި ރައީސް މުޢިއްޒުގެ ސިޔާސަތުތައް ރަނުން ރަނަށް، އަކުރުން އަކުރަށް ތަންފީޒު ކުރެއްވުމުގައި ކުޑަ ކަކޫ ނުޖައްސަވާނެކަން ދައްކަވަމުންނެވެ. ކުޑައިމިނުން ސްޓެލްކޯގެ އެއްވެސް މުވައްޒަފެއްއޮތް ޕާޓީއެއް ނުބައްލަވައެވެ. ބިރެއް ނުދައްކަވައެވެ.ވިދާޅުވަމުން ގެންދެވީ އެ މުވައްޒަފަކު އިހުތިޔާރުކުރާ ކެނޑިޑޭޓަކަށް ވޯޓު ދެއްވުމަކީ އަސާސީ ހައްގެއް ކަމަށެވެ. އެއްވެސް ސްޓާފެއްގެ ގާތުގައި ވަކި އެވެނި މިވެނި މީހެއްގެ ޓީޝާޓުލާން ނުދަންނަވާނެ ކަމަށެވެ. ސްޓެލްކޯ އަކީ ރައްޔިތުންނަށް އަސާސީ ހިދުމަތްދޭ ކުންފުންޏެއް ކަމަށެވެ. ސިޔާސީ އައްޑާއަކަށް ނެހެދޭނެ ކަމަށެވެ. އެއްވެސް މުވައްޒަކަށް ނިކަމެތިކަން ލިބިދާނެ އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށެވެ. އެމްޑީ ފަހުމީ ވަނީ 93 ދާއިރާއަށް އެހީތެރިކަން ދެއްވައި މިސާލު ދައްކަވައި މުވައްޒަފުންގެ ލޯތްބާ އިހުތިރާމު ހޯއްދަވާފައެވެ. ތިރީގައި މި ހިމަނާލަނީ ހުސައިން ފަހުމީ މިނިވަން ނޫހަށް ދެއްވި ޚާއްސަ އިންޓަވިއެއްގެ ހުލާސާ އެކެވެ.



ސ: ކުރިން ފަހަރުތަކާއި ހިލާފަށް މިފަހަރު ސްޓެލްކޯ ސިޔާސީ ހަރަކާތްތަކުގައި ނުފެނުމަށް މަނިކުފާނު ގެންގުޅުއްވި އެޕްރޯޯޗަކީ ކޮބާ؟

ޖ: ސްޓެލްކޯ އަކީ އެއްވެސް ސިޔާސީ ޕާޓީއެއްގެ ޖަގަހައެއް ނޫން. އެފުރުސަތު އަޅުގަނޑު މިތާ ހުރެގެން ނުވެސް ދޭނަން. އެއީ މި ސަރުކާރުން ބޭނުންވާ ގޮތެއް ވެސް ނޫން. ނިމިގެންދިޔަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި މި ސަރުކާރުގެ ބޮޑު އަގުލަބިއްޔަތަކުން ކާމިޔާބު ކޮށްފައިވީ ނަމަވެސް އެއްވެސް މުއައްޒަފަކަށް ވަކި ފަރާތަކަށް ވޯޓު ދިނުމަށް އެދިފައެއް ނޯންނާނެ. އޯގާތެރިކަމާއި އެކު ވޯޓުލާނެ މީހަކަށް ވޯޓުލާން ދިއުމަކީ ކޮންމެ މުއައްޒަފަކަށް އަދި ކޮންމެ ރައްޔިތަކަށް ލިބިގެންވާ ހައްގެއް. އެހެންމަ އެ ހައްގު އެކްސަސައިޒް ކުރައްވާނީ އެ ބޭފުޅުން ބޭނުންވާ ގޮތަކަށް. އަޅުގަނޑުމެން ކުންފުނި ތެރޭގައި އެއްވެސް ކަހަލަ ސިޔާސީ ހަރަކާތެއް ނުހިންގަން އަދި ސިޔާސީ ކެމްޕޭނަކަށް ކުންފުނީގެ މުދަލެއް ވެސް ބޭނުން ކޮށްފައެއް ނުހުންނާނެ.

ސްޓެލްކޯއާ މެދު މިހާރު ގެންގުޅުއްވާ ތަސައްވުރަކީ ކޮބާތޯ؟

އަޅުގަނޑުގެ އެންމެ ބޮޑު ޑްރީމް (ހުވަފެނަކީ)އަކީ މި ކުންފުނި ތަނަވަސް ކުންފުންޏެއް ގޮތަށް ދެމެހެއްޓުން. އޭގެ އިތުރުން އެންމެ މުހިއްމު ކަމަކީ ސްޓޭބަލް ކުންފުންޏެއްގެ ގޮތުގައި ބެހެއްޓުން. މި ކުންފުނީގެ ހިދުމަތުގެ އަގު އަސްލު ވަޒަން ކުރެވި މި ކުންފުނިންދޭ ހިދުމަތް ކެނޑޭއިރު. ސްޓެލްކޯ އަކީ މިގައުމުގައި މި ހިދުމަތް ދޭ ހަމައެކަނި ކުންފުންޏަށް ވާއިރު މި ހިދުމަތަކީ ގައުމީ ސަލާމަތަށް ވެސް ގުޅުން ހުރި ހިދުމަތެއް އަދި ގައުމީ އެހެނިހެން ބޮޑެތި ހިދުމަތްދޭ ހިދުމަތާ ވެސް ގުޅުން ހުރި ހިދުމަތެއް. އެހެންމަ މި ހިދުމަތުން އެންމެ ބޮޑަށް ބޭނުންވަނީ ކުންފުނީގެ ޓެކްނިކަލް ޓީމު އެގޮތުގައި ދެމެހެއްޓުން. އަދި އެ ޓީމަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައި އޮންނަ ޕްރޮފެޝަނަލް ބަޔަކަށްވާން. މިސާލެއް ގޮތުން، ކުޅުދުފުއްޓަށް މި ދިމާވި ހާދިސާގައި އަޅުގަނޑުމެންނަށް ސަރުކާރުން އިޝާރާތެއް އައީ 2:15 ގައި އަޅުގަނޑުމެންގެ ކޮލިފައިޑް ޓީމެއް މާލެއިން ފުރައިގެން ދިޔަ 3:40 ގައި. އެއީ ހަމަ އަސްކަރިއްޔާ ތަކުގައި ވެސް އެ ސްޕީޑޭ ލިބޭނީ. އެއް ގަޑިއިރާ ބައިގެ ތެރޭގައި އަޅުގަނޑުމެންގެ ޓީމެއް ދިޔަ. އަނެއްކާ ދިޔައިރު ޓީމު ދިޔައީ ހަމައެކަނި ފުރައިގެނެއް ނޫން ކަމަށާއި އެކޮޅަށް ބޭނުންވާ ކަންކަމާއި އިކުޕްމެންޓާއި ކޭބަލް ވެސް އައިޑެންޓިފައިކޮށް ހިފައިގެން ފުރީ. ގޮސް މައްސަލަ ހައްލުކުރި ގާތްގަނޑަކަށް 6 ގަޑިއިރު ތެރޭގައި.

ސްޓެލްކޯގެ މާލީ ހާލަތު މިހާރު ހުރީ ކިހިނެއްތޯ؟

މިދިޔަ ފަސް އަހަރަށް ބަލާއިރު ޕްރޮފިޓް ވަނީ ދައްވެފަ. ކުރީގެ ރައީސް ޔާމީންގެ ވެރިކަން ނިމުންއިރު ސްޓެލްކޯއަށް ތަނަވަސް ޕްރޮފިޓެއް އައި ނަމަވެސް މިދިޔަ އަހަރުގެ ޕްރޮފިޓަކީ ލަފާކުރެވޭ ގޮތުގައި 70 މިލިއަން. 100 މިލިއަނަށް ވުރެ މަތީގައި އުޅުންތަކެއް މިތަނަކީ. އެހެންވީމަ މިދިޔަ ސަރުކާރު ނިންމާލިއިރު ޕްރޮފިޓް ވަނީ ވަރަށް ބޮޑަށް ދައްވެފަ. އަނެއް ކަމަކީ އަޅުގަނޑުގެ ސިޔާސަތަކީ ޕްރޮފިޓް އިތުރު ކުރަންށޭ ކިޔާފަ ކުންފުނީގެ މެއިންޓެނެސް ނޫކޮށްލުމެއް ނޫން. މިދިޔަ ސަރުކާތުން ކުންފުންޏަށް ކުރަންޖެހޭ އަސާސީ މެއިންޓެނެންސްތައް ނުކޮށްހުރި ކަމަށާއި އިމާރާތްތަކާއި ރަށްތަކުގައި ހުރި ޕަވާ ޕްލާންޓްތަކުގެ ހާލަތު ވަރަށް ނިކަމެތި ކަމަށް. އަޅުގަނޑުގެ ލީޑަޝިފެއްގަ ބޭނުންމެއް ނުވާނެ ހަރަދު ކުޑަކުރުމުގެ ނިޔަތުގައި އެތަންތަން މަރާމާތު ނުކޮށް ޕްރޮފިޓް އިތުރުކުރާކަށް.

މުސްތަގްބަލުގައި ސްޓެލްކޯ އާއި ފެނަކަ އެއް ކުންފުންޏެއްގެ ގޮތުގައި މަސައްކަތް ކުރާތަން ފެނިގެންގޮސްދާނެތަ؟

ފެނަކައަށް ކަމެއް ދިމާވެއްޖެ ހާލަތެއްގައި އަޅުގަނޑުމެން އަބަދުވެސް ތިބޭނަން. ސަބަބަކީ އެއީ ރައްޔިތުންގެ ކުންފުންޏަކަށް ވާތީ. ފެނައިން ބޭނުންޖެހިއްޖެ ކޮންމެ ވަގުތެއްގައި އެކްސްފަޓީޒް ދޭން މިހުރީ ތައްޔާރަށް

ރައީސުލްޖުމްހޫރިއްޔާގެ ގޮތުގައި ޑރ. މުއިއްޒު، ފަހުމީ ސިފަކުރައްވާނީ ކިހިނެއްތޯ؟

ރައީސް އާއެކު އެންމެ ދުރު ހަނދާނަކަށް ވަނީ ލަންޑަންގައި ކިޔަވަންއުޅުންއިރު، އަޅުގަނޑު އޮތީ ހުރިހާ ބޮތްކެއް ނިއްވާލާ ތަން އަނދިރިކޮށްލުމަށްފަހު ސްލީޕިންގ ބޭގެއްގައި ނިދާފަ. ދެން އެތާއިން ޕޫލް ޓޭބަލް ކައިރިން މީހަކު އަޑެއް އިވޭތީ އަޅުގަނޑު ބަލާލީ. ބަލާލިއިރު ރައީސް ހުންނެވީ ދަމު ނަމާދަށް. އެހެންމަ ޖުމްލަ ގޮތެއްގައި އެ ޒަމާނުގައި ވެސް ރައީސްގެ އުޅުން ހުންނަނީ އެގޮތަށް. އަޅުގަނޑުމެން ރޭގަނޑު ޕޫލް ކުޅެން ނުވަތަ މަޖާކޮށްލަން ބޭރަށް ދާއިރުވެސް ރައީސް ވަޑައިނުގަންނަވާނެ. އެހެންމަ އޭރުވެސް ރައީސް އަކީ ދީނަށް ލޯބިކުރައްވާ ބޭފުޅެއް. އިތުބާރު ކުރައްވާ ބޭފުޅެއް. ރައީސް ފުޓްބޯޅަކުޅެން ވަޑައިގަންނަވާނެ އޭރުވެސް ވަރަށް މަޑުމައިތިރި ބޭފުޅެއް. އަޅުގަނޑު ދެކޭގޮތުގައި ރައީސް އަކީ އިހްލާސްތެރި ރަނގަޅު އަދި އަޅުގަނޑު ވަރަށް ބޭފުޅެއް. އަޅުގަނޑު މި ކުންފުނި ހިންގާއިރު ރައީސްގެ އެއްވެސް އަމުރަކަށް ކިޔަމަންތެރި ނުވެ ނުދާނެ

The post ސްޓެލްކޯއަކީ ސިޔާސީ ޖަގަހައެއް ނޫން: ފަހުމީ first appeared on Minivan.



More from Minivan