އެފްޑީސީގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާ ލޯގޯއެއް ތައާރަފުކޮށްފި

Sat, 04 May 2024 09:35 AM

View on this article on Minivan

އެފްޑީސީގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާ ލޯގޯއެއް ތައާރަފުކޮށްފި

ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ ފަސް ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހަފުލާގައި އާ ލޯގޯއެއް ތައާރަފުކޮށްފިއެވެ.



ރައީސް އޮފީހުން ބުނީ ރޭ ކްރޮސް ރޯޑްސްގައި ބޭއްވި އެ ހަފުލާގައި ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑްގެ އާ ލޯގޯ އިފުތިތާހު ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ކަމަށެވެ. އަދި އެފްޑީސީ އިން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއި، އެކި މަޝްރޫޢުތަކުގެ ވީޑިއޯ ޕްރެޒެންޓޭޝަނެއް ދައްކާފައިވާ ކަމަށް ވެސް ބުނެފައިވެއެވެ.

އަދި މިހާރު ފަށާފައިވާ ހައުސިން ޔުނިޓުތަކުގެ މަސައްކަތްތައް ބާރު ދުވެއްޔެއްގައި ނިންމުމަށްޓަކައި ކުރަމުންދާ މަސައްކަތްތައް ކުންފުނީގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން ބުނެފައިވެއެވެ.

އެ ހަފުލާގައި ނައިބު ރައީސް ވަނީ "ކޮލިޓީ އެޝުއަރަންސް އެވޯޑު" ހާސިލުކުރެއްވި ފަރާތަށާއި، "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޓަރ އެވޯޑު" ހާސިލުކުރެއްވި ފަރާތަށް އެ އެވޯޑުތައް ހަވާލުކޮށްދެއްވާފައެވެ. ހަމަ އެއާއެކު، "އެމްޕްލޯއީ އޮފް ދަ އިޔާ އެވޯޑު" ހާސިލުކުރެއްވި ފަރާތަށް ވެސް އެ އެވޯޑު އެމަނިކުފާނު ހަވާލުކޮށްދެއްވާފައިވެއެވެ.

ދިވެހިރާއްޖޭގެ ކުންފުންޏާބެހޭ ގާނޫނުގެ 95 ވަނަ މާއްދާއިން ރައީސަށް ލިބިވަޑައިގަންނަވާ އިޚްތިޔާރުގެ ދަށުން، ރައީސްގެ ޤަރާރު ނަންބަރު 2/2019 އިން، "ފަހި ދިރިއުޅުން ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވާފައިވަނީ 2019 ވަނަ އަހަރުގެ މާރިޗު މަހުގެ 12 ވަނަ ދުވަހުއެވެ. 100 އިންސައްތަ ސަރުކާރު ހިއްސާވާ މި ކުންފުނީގެ މައިގަނޑު މަގުސަދަކީ، އަތްފޯރާ ފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ގޮތުން މުޅި ރާއްޖެއަށް އަމާޒުކޮށްގެން ހިންގާ، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް އެއް ފުރާޅެއްގެ ދަށުން ކުރިއަށް ގެންދިއުން ކަމަށް ރައީސް އޮފީހުން ބުނެއެވެ.

The post އެފްޑީސީގެ ފަސްވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އާ ލޯގޯއެއް ތައާރަފުކޮށްފި first appeared on Minivan.



More from Minivan