ހުޅުމާލޭގައި ބައިބުލް ބަހަން އުޅުނު ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހައިފި

Fri, 29 Mar 2024 02:47 PM

View on this article on Minivan

ހުޅުމާލޭގައި ބައިބުލް ބަހަން އުޅުނު ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހައިފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކްރިސްޓިއަން ދީނުގެ ބައިބަލް އާއި އިތުރު މައުލޫމާތު ހިމެނޭ ލިޔުންތަކެއް ބަހަން އުޅެނިކޮށް ހައްޔަރުކުރި ދެ ބިދޭސީއެއްގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ.



ނަސާރާ ދީނުގެ ލިޔުންތަކެއް ބަހަން އުޅެނިކޮށް ފުލުހުން އެ ބިދޭސީން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭ ހިޔާ 6 ވަނަ ޓަވަރުން މިދިޔަ ބުދަ ދުވަހުއެވެ. އޭރު އެމީހުން ދިޔައީ ނަސާރާދީނުގެ ލިޔުންތައް އެ ޓަވަރު ތިރީގައި ހުންނަ ލޮކަރުތެރެއަށް އަޅަމުންނެވެ.

މިކަމާ ގުޅޭގޮތުން ފުލުހުން ބުނެފައިވަނީ އެމީހުން ހައްޔަރުކުރީ ދީނީ އެއްބައިވަންތަކަމާ ބެހޭ ޤާނޫނާ ހިލާފުވުމުން ކަމަށެވެ.

ފުލުހުން މީޑިއާތަކާ ހިއްސާކުރި މެސެޖެއްގައިވަނީ ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނާ ޚިލާފު ލިޔުންތަކެއް އެޅި މައްސަލައަކާ ގުޅިގެން ދެ އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް އެދުވަހު ގެނެސްފައިވާ ކަމަށެވެ.

އެ ދެ މީހުންނަކީ ޖަރުމަނުވިލާތަށް ނިސްބަތްވާ ދެ މީހުން ކަމަށާއި އެ މީހުން ރާއްޖެ އައިސްފައިވަނީ ޓޫރިސްޓު ވިސާގައި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

The post ހުޅުމާލޭގައި ބައިބުލް ބަހަން އުޅުނު ބިދޭސީންގެ ބަންދަށް 10 ދުވަސް ޖަހައިފި first appeared on Minivan.



More from Minivan