އަޑު ތާނައިން ލިޔެވޭ ސޮފްޓްވެއާއެއް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނެރެނީ

Sun, 28 Apr 2024 12:18 PM

View on this article on Minivan

އަޑު ތާނައިން ލިޔެވޭ ސޮފްޓްވެއާއެއް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނެރެނީ

އަޑު ތާނައިން ލިޔެވޭ އެޕްލިކޭޝަނެއް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މާކެޓަށް ނެރެން ޒުވާން ޑިވެލޮޕަރުންތަކެއް ތައްޔާރުވެއްޖެއެވެ.



އެ ސޮފްޓްވެއާ ޑިވެލޮޕްކުރާ ސެނެޓިކްސް ކުންފުނިން ބުނި ގޮތުގައި އޭގެ ބީޓާ ވާޝަން މިހާރު ބޭނުން އެބަ ކުރެއެވެ.

"ނޫސްވެރިންނަށާއި އާންމުކޮށް ހުރިހާ އެންމެނަށްވެސް މި އެޕްލިކޭޝަންގެ ބޭނުންތެރިކަން ވަރަށް ބޮޑުވާނެ،" ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށާއި އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް އަޑު ތާނައިން ލިޔެވޭ ސޮޕްޓްވެއާތައް ޑިވެލޮޕްކޮށްދިން ކުންފުނީގެ އިިސް ބޭފުޅަކު ވިދާޅުވިއެވެ.

އޭނާ ވިދާޅުވިގޮތުގައި ދައްކާ ވާހަކަ ތާނަ އަކުން ލިޔެވޭ އެޕްލިކޭޝަން އަންނަ މަހު ބާޒާރަށް ނެރޭނީ އާންމުންނަށް ފަސޭހައިން ގަނެގެން ބޭނުންކުރެވޭނެ ފަދަ އަގެއްގައެވެ.

އެކުންފުނިން ބުނިގޮތުގައި މިއެޕްލިކޭޝަން ޑިވެލޮޕްކޮށްފައިވަނީ ވަރަށް ޒުވާން ޑިވެލޮޕަރުންގެ ޓީމަކުންނެވެ.

The post އަޑު ތާނައިން ލިޔެވޭ ސޮފްޓްވެއާއެއް އާންމުންނަށް ބޭނުންކުރެވޭ ގޮތަށް ނެރެނީ first appeared on Minivan.



More from Minivan