ސްޓެލްކޯގެ ހަރަދުގައި މިއަހަރު ހައްޖާއި އުމްރާގެ އަޅުކަމަށް ގެންދާ މުއައްޒަފުން ހޮވައިފި

Fri, 29 Mar 2024 09:31 AM

View on this article on Minivan

ސްޓެލްކޯގެ ހަރަދުގައި މިއަހަރު ހައްޖާއި އުމްރާގެ އަޅުކަމަށް ގެންދާ މުއައްޒަފުން ހޮވައިފި

ސްޓެލްކޯގެ ފަރާތުން މިއަހަރުގެ ހައްޖާއި އުމްރާގެ އަޅުކަން އަދާކުރަން ދިއުމުގެ ފުރުސަތު ލިބޭ މުވައްޒަފުން ހޮވައިފިއެވެ.



ހައްޖު އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ލިބޭ މުވައްޒަފުން ގުރުއަތުން ހޮވާފައިވަނީ ރަމަޟާން މަސް އިހުޔާ ކުރުމަށާއި، ކުންފުނިން މުވައްޒަފުންނަށްދޭ ތަރާވީހާއި، އެ ކުންފުނިން ދޭ ހައްޖު އަދި އުމްރާގެ ފުރުސަތަށް ގުރުއަތު ނެގުމަށާއި، ކުންފުންޏަށް ގިނަ ދުވަހު ޚިދުމަތްކޮށްދެއްވާފައިވާ މުވައްޒަފު، ޖެނެރަލް މެނޭޖަރ ހަސަން ހުސައިން ރިޓަޔާރ ކުރެއްވުމާއި ގުޅިގެން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މި އަހަރުގެ ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް (އަންހެން ފިރިހެން ވަކިން) ހުޅުވާލި ފުރުސަތަށް އިޖާބަދީ، ހައްޖުގެ އަޅުކަން އަދާކުރުމަށް އެދި ހުށަހެޅި 116 މުވައްޒަފުންގެ ތެރެއިން ޝަރުތު ފުރިހަމަވެފައި ވަނީ 98 މުވައްޒަފެކެވެ އަދި އުމްރާގެ އަޅުކަން އަދާކުރުމަށް 263 ފަރާތަކުން ހުށަހެޅި އިރު،  ޝަރުތުހަމަވެފައިވަނީ 254 މުވައްޒަފެއްކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން މީގެ ކުރިން ހައްޖު އަދި އުމްރާގެ ފުރުސަތު ކުންފުނިން ދީފައިވަނީ ދެބަޔަށް ވެސް ކޮންމެ އަހަރަކު އަންހެން މުވައްޒަފަކަށާއި، ފިރިހެން މުވައްޒަފަކަށެވެ. ނަމަވެސް ސްޓެލްކޯއިން މި އަހަރު ވަނީ ހައްޖުގެ އަޅުކަމަށާއި، އުމްރާގެ އަޅުކަމަށް ދެ ފިރިހެން އަދި އެއް އަންހެން މުވައްޒަފު ހޮވާފައެވެ..

ހައްޖުގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

  • އަބްދުﷲ އާމިރު – ހުޅުމާލެ އިންޖީނުގެ
  • މުހައްމަދު އާދިލް – ކ. ކާށިދޫ އިންޖީނުގެ
  • އައިޝަތު ޝިޒްނާ – ވިލިނގިލި އަވަށު އިންޖީނުގެ

އުމްރާގެ އަޅުކަން އަދާކުރުމަށް ގުރުއަތުން ހޮވިފައިވަނީ:

  • އާޒިމް އާދަމް – އދ. ދަނގެތި އިންޖީނުގެ
  • މުހައްމަދު އާރިފް – ރިނިއުވަބަލް އެނާޖީ ޑިޕާޓްމަންޓް
  • ހަދީއްޖާ އިފްޝާ – ފައިނޭންސް އެންޑް އެކައުންޓްސް ޑިޕާޓްމަންޓް
ސްޓެލްކޯގެ ފަރާތުން ހައްޖު އަދި އުމްރާގެ އަޅުކަމަށް ގެންދާނެ މުއައްޒަފުން ހޮވުމަށް ބޭއްވި ހަފްލާގެ ތެރެއިން…

ސްޓެލްކޯއިން ދެމުން ގެންދާ ހައްޖުގެ އަޅުކަމުގެ ފުރުސަތު ދެނީ އެ ކުންފުންޏަށް 15 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރުމުގައި ދެމިތިބޭ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ. އަދި އުމްރާގެ އަޅުކަމުގެ ފުރުސަތު ދެނީ ފަސް އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދީފައިވާ މުވައްޒަފުންގެ ތެރެއިން އެކަމަށް ކުރިމަތިލާ މުވައްޒަފުންނަށެވެ.

މިކަމަށްޓަކައި ރޭ ބޭއްވި ހަފްލާގައި ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބުދުﷲ ނާޒިރު ދެއްކެވި ވާހަކަފުޅުގައި ވަނީ ކުންފުންޏަށް 75 އަހަރު ފުރެންދާއިރު، މިދާއިރާގެ އެންމެ ބުރަކޮށް މަސައްކަތްކުރައްވާ އަދި ފާހަގަކޮށްލެވޭ ފުންނާބުއުސް އަދި އެންމެ ގިނަ ދުވަސްވީ ޚިދުމަތްތެރީން ތިބީ މިކުންފުނީގައި ކަން ފާހަގަ ކުރައްވައި، މެނޭޖިންގ ޑިރެކްޓަރ ހުސައިން ފަހުމީގެ އިސްނެންގެވުމުގެ މަތިން ގައުމީ ފެންވަރެއްގައި އެ ބޭފުޅުންގެ ޚިދުމަތުގެ އަގު ވަޒަން ކުރުމަށްޓަކައި ދައުލަތުގެ ކަމާއިބެހޭ ފަރާތްތަކުގެ ސަމާލުކަމަށް އެކަން ގެނެސްފައިވާކަމަށް ވިދާޅުވެފައެވެ.

The post ސްޓެލްކޯގެ ހަރަދުގައި މިއަހަރު ހައްޖާއި އުމްރާގެ އަޅުކަމަށް ގެންދާ މުއައްޒަފުން ހޮވައިފި first appeared on Minivan.



More from Minivan