ފުވައްމުލަކު ތިން ގޮނޑި އަނެއްކާވެސް ސަރުކާރަށް

Mon, 22 Apr 2024 03:29 PM

View on this article on Mikal News

ފުވައްމުލަކު ތިން ގޮނޑި އަނެއްކާވެސް ސަރުކާރަށް

އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އަނެއްކާވެސް ފުވައްމުލަކު ތިންދާއިރާގެ ގޮނޑިވެސް ވެރިކަންކުރާ ޕާޓީއިން ކާމިޔާބުކޮށްފިއެވެ. ފާއިތިވީ ދެދައުރާއި އެއްގޮތަށް މިފަހަރުވެސް ފުވައްމުލަކު ސިޓީގެ ހުރިހާ ގޮޑިތަކެއް ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ ޕާޓީން މިހާރު ވެރިކަން ކުރަމުންދާ ޕްރޮގްރެސިވް ނެޝަނަލް ކޮންގްރެސް އިންނެވެ. އިއްޔެ ކުރިއަށްދިޔަ އިންތިޚާބުގައި އެންމެ ބޮޑު ވާދަވެރިކަމެއް ފެނިގެންދިޔައީ ގިނަ ބަޔަކު ގަބޫލުކުރި ގޮތަށް ފުވައްމުލަކު ދެކުނު ދާއިރާއިންނެވެ. އެދާއިރާއިން ޕީއެންސީގެ އިބްރާހިމް ހުސައިން އެ ގޮޑި ކާމިޔާބުކުރި އިރު ވާދަވެރި އެމްޑީޕީގެ ނަޒުރާ ނަސީމުވަނީ ރަގަޅު ވާދައެއްކޮށްފައެވެ. ފުވައްމުލަކު އުތުރު ދާއިރާއަށް ހަމަދު އަބްދުﷲ ހޮވިފައިވާއިރު، މެދު ދާއިރާއަށް ހޮވިފައިވަނީ އެ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ އެދާއިރާގެ މެމްބަރު ކަން ކުރެއްވި އަލީ ފަޒާދެވެ. އޭނާއާ އެންމެ ގާތުން ވާދަ ކުރެއްވީ އެމްޑީޕީގެ ފަރާތުން ވާދަ ކުރެއްވި އަދި އެ ދާއިރާގެ މިހާރުގެ ވެސް މެމްބަރު ހުސައިން މުހައްމަދު ދީދީ އެވެ.



ފާއިތުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުންވެސް ފުވައްމުލަކު ތިން ގޮޑި ކާމިޔާބުކޮށްފައިވަނީ އެވަގުތު ވެރިކަން ކުރަމުންދިޔަ އެމްޑީޕީއިންނެވެ. އަދި 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުވައްމުލަކުގެ ތިން ގޮޑި ކާމިޔާބުކޮށްފައިވަނީ އެފަހަރު ވެރިކަން ކުރަމުންދިޔަ ޕީޕީއެމްއިންނެވެ. ރާއްޖޭގެ ގިނަ ބަޔަކު ގަބޫލުކުރާގޮތުގައި އެ ދާއިރާއަށްވެސް އަދި އެދާއިރާއެއްގެ ރައްޔިތުންނަށްވެސް އެންމެ ފައިދާބޮޑީ އެވަގުތަކު ވެރިކަންކުރާ ޕާޓީގެ މެންބަރުން ހޮވުމުންނެވެ. އެގަބޫލުކުރުން ފާއިތުވީ 19 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިޚާބާއި މިފަހަރުގެ 20 ވަނަ ރައްޔިތުންގެ މަޖިލީސް އިންތިޚާބުން ސާފުކޮށް ފެނިގެންދިޔައެވެ.

އިއްޔެ ނިމުނު ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގެ ސްޕާމެޖޯރިޓީ ވެރިކަން ކުރަމުންއަންނަ ޕީއެންސީއަށް ލިބިދާނެކަމަށް މިހާރުވަނީ ގަބޫލުކުރެވިފައެވެ. މިހާތަނަށް އެއްވެސް ގޮނޑިއެއް ކާމިޔާބު ނުކުރެވެނީ ދަ ޑިމޮކްރެޓްސް އާއި އަދާލަތު ޕާޓީ އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން ވާދަކުރެއްވި ކެންޑިޑޭޓުންނަށެވެ.  މަޖިލީހުގައި ގިނަ ދައުރުތަކެއްގައި މެމްބަރުކަން ކުރައްވާފައިވާ ބޭބޭފުޅުންގެ މައްޗަށް ވެސް ސަރުކާރުގެ ކެންޑިޑޭޓުން ވަނީ ކުރި ހޯދާފަ އެވެ. އެގޮތުން 19ވަނަ މަޖިލީހުގެ ސުޕަ މެޖޯރަޓީ އޮތް އެމްޑީޕީގެ މިހާރުގެ ގިނަ މެމްބަރުންގެ ގޮނޑިތައް ވެސް ވަނީ ގެއްލިފަ އެވެ.

 

The post ފުވައްމުލަކު ތިން ގޮނޑި އަނެއްކާވެސް ސަރުކާރަށް appeared first on Mikal News.



More from Mikal News