ފުވައްމުލަކު ދެކުނު ދާއިރާގެ ގޮޑި ގެއްލުވާލުމުގެ ތުހުމާއި އިތުރު އެހެން ތުހުމަތެއް ފައިސަލް ނަސީމަށް

Wed, 24 Apr 2024 03:02 PM

View on this article on Mikal News

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮޑި ގެއްލުވާލުމުގެ ތުހުމާއި އިތުރު އެހެން ތުހުމަތެއް ފައިސަލް ނަސީމަށް

ފުވައްމުލަކު ދެކުނު ދާއިރާގެ ގޮޑި ގެއްލުވާލީ ކުރީގެ ނާއިބު ރައީސް ފައިސަލް ނަސީމުކަމަށް ބުނެ ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ތުހުމަތުތަކެއް ފައިސަލް ނަސީމަށް އަމާޒުކޮށްފިއެވެ. ގޮޑި ގެއްލުވާލުމާއި އިތުރު އެހެން ތުހުމަތެއްވެސް ކުރާމަށާއި އެތުހުމަތާއި ގުޅިގެން ޕޮލިސް ސާވިސް އަށް މައްސަލަވެސް ހުށަހަޅާފައިވާ ކަަމަށް ފަހުލޫފު ވިދާޅުވިއެވެ. ފުވައްމުލަކު ދެކުނު ދާއިރާގެ ގޮނޑި އެމްޑީޕިއަށް ގެއްލުވާލީ ސީދާ ނަޒްރާގެ ބޭބޭފުޅު، ފައިސަލް ނަސީމް ކަމަށާއި އެކަމަކު އެމަނިކުފާނަށް ގެއްލުވާލެވުނީ އެންމެ 48 ވޯޓު ކަމަށާއި މިކަމާއި ގުޅިގެން އެ ދާއިރާގެ ޓީމްގެ ފަރާތުން މި މައްސަލަ ޕާޓީއަށް ހުށަހަޅާނެ ކަމަށް އެމްޑީޕީގެ ގައުމީ މަޖިލިސް ގްރޫޕަށް ފޮނުވި މެސެޖުގައި މަހުލޫފު ބުނެފައިވެއެވެ.



މަހްލޫފް އިތުރަށް ވިދާޅުވީ، އާއިލާ އަދި ދާއިރާގެ އެތައް ބަޔަކަށް ގުޅާ ދިޔައީ ނަޒްރާ އާއި ދެކޮޅަށް މަސައްކަތް ކުރަމުން ކަމަށެވެ. އަދި މިކަން ޕާޓީގެ ލީޑާޝިޕް ބޭފުޅުންނަަށާއި، އަދި ނަޒްރާގެ މައިންބަފައިންނާއި އާއިލާއަށްވެސް އެނގޭނެ ކަމަށް މަހްލޫފް ވަނީ ވިދާޅުވެފައެވެ.

މަހުލޫފުގެ އިތުރުން ނަޒުރާގެ ކެމްޕެއިން ޓީމާއި އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާއިންވެސް ވަނީ ފައިސަލް ނަސީމަށް ތުހުމަތުތަކެއް ކޮށްފައެވެ. އެމްޑީޕީގެ ފުވައްމުލަކު ދެކުނު ދާއިރާ އިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ފައިސަލް، ނަޒްރާއަށް އެންޓި ކެމްޕޭން ކުރެއްވުމުން ކަންބޮޑުވާ ކަމަށެވެ. ފައިސަލް ފުނާޑު އަދި ދޫޑިގަމަށް ނިސްބަތްވާ ރައްޔިތުންނަށް ގުޅުއްވާ، ނަޒްރާއަށް ވޯޓް ނުދެއްވުމަށް ތަކުރާރުކޮށް އެދިވަޑައިގެންނެވި ކަމަށް ވެސް ވަނީ ތުހުމަތުކޮށްފައެވެ.

The post ފުވައްމުލަކު ދެކުނު ދާއިރާގެ ގޮޑި ގެއްލުވާލުމުގެ ތުހުމާއި އިތުރު އެހެން ތުހުމަތެއް ފައިސަލް ނަސީމަށް appeared first on Mikal News.



More from Mikal News