ފުވައްމުލަކުގައި ހިގާ އެކްސިޑެންޓްތައް ގިނަ ވުމާއި ގުޅިގެން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

Thu, 30 Nov 2023 10:26 PM

View on this article on Mikal News

ފުވައްމުލަކުގައި ހިގާ އެކްސިޑެންޓްތައް ގިނަ ވުމާއި ގުޅިގެން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި

ފާއިތުވީ ދުވަސްތަކުގައި ފުވައްމުލަކުގައި ހިގާފައިވާ އެކްސިޑެންޓްތައް ގިނަވުމާއި އެއެކްސިޑެންޓްތަކުގައި ސީރިއަސް އަނިޔާތަކެއްވެފައިވާތީވެ، ކަމާއިގުޅޭ އިދާރާތަކާއިއެކު ފުވައްމުލަކު ސިޓީ ކައުންސިލުން ބައްދަލުވުމެއް ބާއްވައިފިއެވެ. އެގޮތުން މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ އާއި ފުވައްމުލައް ޕޮލިސް ސްޓޭޝަން، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ފުވައްމުލައް އޮފީސް، ފުވައްމުލައް ހޮސްޕިޓަލް، ފުވައްމުލަކުގެ ބައެއް ސްކޫލްތަކުން ވަނީ ބައިވެރިވެފައެވެ.

އެބައްދަލުވުމުގައި ބައިވެރިވި އިދާރާތަކުން އެކްސިޑެންޓުތައް މަދުކުރުމަށްޓަކައި އެފަރާތްތަކަށް ކުރެވެނ ހުރި މަަސައްކަތް ފާހަގަކޮށް އެކަންތަކާއި ގުޅޭގޮތުން މަޝްވަރާ ކުރެވުނުކަން ފުވައްމުލަކު ސިޓީ ކައުންސިލުން ހާމަކުރެއެވެ.

ފުވައްމުލަކުގެ މަގުމަތީގައި ހިގާ އެކްސިޑެންޓްތައް މަދުކުރުމަށް ފުވައްމުލަކު އެތެރޭ މަގުތަކުގައި ގިނަ އަދަދެއްގެ ބަންޕަރު އެޅުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަމަށް މިކަލް ނޫހަށް މައުލޫމާތު ލިބެއެވެ.

The post ފުވައްމުލަކުގައި ހިގާ އެކްސިޑެންޓްތައް ގިނަ ވުމާއި ގުޅިގެން ޚާއްސަ މަޝްވަރާ ބައްދަލުވުމެއް ބާއްވައިފި appeared first on Mikal News.



More from Mikal News