ފަހުމީ އަށްފަހު މުންއިމް ވެސް މަގާމުން ވަކިކޮށްފި

Sun, 26 Nov 2023 08:08 AM

View on this article on Mikal News

ފަހުމީ އަށްފަހު މުންއިމް ވެސް މަގާމުން ވަކިކޮށްފި

މިސަރުކާރުގެ މިނިސްޓްރީ އޮފް ޓްއަރިޒަމުގެ ސްޓޭޓް މިނިސްޓަރުކަމަށް މިދިޔަ ހަފުތާގެ އަންގާރަ ދުވަހު އައްޔަންކުރި ފުވައްމުލަކު މާވޭދެ މުންއިމް އަނީސް މަގާމުން ވަކިކޮށްފިއެވެ. މީޑިއާތަކުން ރިޕޯޓުކުރާ ގޮތުގައި މުންއިމް މަގާމުން ވަކިކޮށްފައިވަނީ އައްޔަންކުރިތާ 3 ދުވަސްތެރޭ މިދިޔަ ބުރާސްފަތި ދުވަހުގައެވެ. ފުވައްމުލަކަށް ނިސްބަތްވާ މުންއިމް މަގާމުން ވަކިކޮށްފައިވާއިރު ހަމަ އެހަފުތާތެރޭ ފުވައްމުލަކު ރިހިވިލާގެ މުހައްމަދު ފަހުމީ ހަސަންވެސް މަގާމު ހަވާލުކުރިތާ 3 ދުވަސްތެރޭ މަގާމުން ވަނީ ދުރުކޮށްފައެވެ.

މުންއިމް މަގާމުވަކިކޮށްފައިވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ކެމްޕެއިންގައި އުޅުއްވިކަން އެނގުމުންކަމަށް މިހާރު ނޫހުންވަނީ ރިޕޯޓުކޮށްފައެވެ. ނަމަވެސް އޭނާ މަގާމުން ވަކިކުރި ސަބަބު ރައީސް އޮފީހުގެ ކޮމިއުނިކޭޝަން މިނިސްޓަރު އިބްރާހީމް ޚަލީލް ވިދާޅެއްނުވިކަމަށް ބައެއް މީޑިއާ ތަކުން ރިޕޯޓުކޮށްފައިވެއެވެ.

މިބަދަލުތަކާއިއެކު މިވަގުތު ސްޓޭޓް މިނިސްޓަރުންގެ ގޮތުގައި ތިއްބެވި ފުވައްމުލަކަށް ނިސްބަތްވާ ފަރާތްތަކަކީ؛

  1. މިނިސްޓާ އޮފް ސްޓޭޓް ފޯ ސިޓީސް، ލޯކަލް ގަވަރންމަންޓް އެންޑް ޕަބްލިކް ވާރކްސް – ފުވައްމުލަކު ދެކުނުގެ މުޙައްމަދު ރަފީޤު ޙަސަން
  2. މިނިސްޓާ އޮފް ސްޓޭޓް ފޯ އިކޮނޮމިކް ޑެވެލޮޕްމަންޓް އެންޑް ޓްރޭޑް – ދަނޑިމަގު. ނެރުޅު، މުޙައްމަދު ޠާރިޤް އަޙްމަދު

The post ފަހުމީ އަށްފަހު މުންއިމް ވެސް މަގާމުން ވަކިކޮށްފި appeared first on Mikal News.



More from Mikal News