ސްޓޭޓް މިނިސްޓަރުކަމުން ފަހުމީ ވަކިކޮށްފި

Sat, 25 Nov 2023 03:09 PM

View on this article on Mikal News

ސްޓޭޓް މިނިސްޓަރުކަމުން ފަހުމީ ވަކިކޮށްފި

މިދިޔަ ހޯމަ ދުވަހު މިނިސްޓްރީ އޮފް ފޮރިން އެފެއާސްގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރެއްވި ފުވައްމުލަކު ރިހިވިލާގެ މުހައްމަދު ފަހުމީ ހަސަން އެމަގާމުން ވަކިކޮށްފިއެވެ. ފަހުމީ އެމަގާމުން ވަކިކުރި ސަބަބެއް ރައީސް އޮފީހުން ހާމަކޮށްފައިނުވި ނަމަވެސް ފަހުމީ މަގާމުން ވަކިކުރިކަން ރައީސް އޮފީހުން ކަށަވަރުކޮށްދީފައިވާ ކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

ފަހުމީ ވަނީ ޕީޕީއެމްގެ ކުރީގެ ވެރިކަމުގައި މެލޭޝިއާ އަށް ކަނޑައަޅާފައިވާ ހައި ކޮމިޝަނަރުގެ މަގާމު އަދާކުރައްވާފައެވެ. ފަހުމީ ފޮރިން ރިލޭޝަންގެ ދާއިރާއަށް ވަންނަވާފައިވަނީ ސިވިސް ސާވިސް ކޮމިޝަނުން ވަކިކުރިފަހުންނެވެ. އަންހެން މުވައްޒަފުންތަކަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި ސިވިލް ސާވިސް ކޮމިޝަނުން ވަކިކުރި ނަމަވެސް، ސްޕްރީމް ކޯޓުން 2013 ވަނަ އަހަރު ވަނީ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހުން ނިންމި ހުރިހާ އިޖުރައާތެއް ބާތިލް ކަމަށް ނިންމާފައެވެ.  އެހެންވެ، ގެއްލުމުގެ ބަދަލު ހޯދަން ފަހުމީ ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައި ދައުލަތުން ބަދަލު ހޯއްދެވި އެވެ.

 

The post ސްޓޭޓް މިނިސްޓަރުކަމުން ފަހުމީ ވަކިކޮށްފި appeared first on Mikal News.



More from Mikal News