މަލީހު ޕީޕީއެމް ވަކިކުރުމާއިއެކު އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

Fri, 24 Nov 2023 02:14 PM

View on this article on Mikal News

މަލީހު ޕީޕީއެމް ވަކިކުރުމާއިއެކު އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި

ބާރަ މެންބަރުންގެ ސްޓިއަރިން ކޮމިޓީއެއް ހަދައި އެކޮމިޓީގެ ފަރާތުން ނޫސް ކޮންފަރެންސް ބޭއްވުމާއި ގުޅިގެން ސަސްޕެންޑްކުރި ކުރީގެ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލު ޕީޕީއެމް ވަކިކުރުމާއިއެކު އާ ޕާޓީއެއް އެފެއްދުމުގެ މަސައްކަތް ފަށައިފިއެވެ. އާ ޕާޓީއުފެއްދުމަށް ރައީސް ޔާމީނުވެސް ވަނީ މިހާރު ޕީޕީއެމް އިންވަކިވެފައެވެ. އާޕާޓީ އުފެއްދުމުގެ ހުއްދައަށް އަންނަ އާދީއްތަ ދުވަހު އެދޭނެކަަމަށް މަލީހު ވަނީ ވިދާޅުވެފައެވެ.

އާ ޕާޓީގެ މަސައްކަތް ކުރިއަށްދާ މިންވަރު ހާމަކުރައްވަމުން މަލީހު ވިދާޅުވެފައިވަނީ ޕާޓީގެ ނަމާއި ލޯގޯ ރައީސް ޔާމީން މިހާރު ފައިނަލް ކުރައްވާފައިވާކަމަށެވެ. އަދި ހުއްދައަށް އަންނަ އާދީއްތަ ދުވަހު އެދޭނެކަމަށެވެ.

ޕީޕިއެމް އިން ވަކިވެ އާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ރައީސް ޔާމީން ނިންމާފައިވާކަން އެމަނިކުފާނުގެ ގާނޫނީ ވަކީލު، ޑރ. މުހައްމަދު ޖަމީލު އަހުމަދުވެސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ. ޖަމީލް ވިދާޅުވެފައިވަނީ، އެމަނިކުފާނު ޕީޕީއެމްއިން ވަކިވެވަޑައިގަތުމަށް ނިންމަވާފައިވަނީ އެމަނިކުފާނުގެ މަޝްވަރާ ޕީޕީއެމްގެ ލީޑަރޝިޕްގައި ތިއްބެވި ބޭފުޅުން ނުނަންގަވާތީއާއި ވެރިކަމަށް އާދެވުނު ހިސާބުން، ރައީސް، ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނު ގުޅުއްވުމުން ފޯނު ނުނަންގަވާތީ ކަމަށެވެ.

The post މަލީހު ޕީޕީއެމް ވަކިކުރުމާއިއެކު އާޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށައިފި appeared first on Mikal News.



More from Mikal News