ހޯދަޑު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ލައިޓް ސިސްޓަމް ހަރުކުރުމަށް ބަޔަކު ހޯދަނީ

Sun, 19 Mar 2023 01:00 PM

View on this article on Mikal News

ހޯދަޑު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ލައިޓް ސިސްޓަމް ހަރުކުރުމަށް ބަޔަކު ހޯދަނީ

ހޯދަޑު އަވަށު ޓާފު ފުޓްބޯޅަ ދަނޑުގައި ލައިޓް ސިސްޓަމް ހަރުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ފުވައްމުލަކު ސިޓީ ކައުންސިލުން ބީލަމަށް ހުޅުވާލައިފިއެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ވާގޮތުން މިބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 26 މާރިޗު 2023 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ އިދާރާގެ މެއިލް އެޑްރެހަށް، ([email protected]) އިޢުލާން ނަންބަރާއި، ބިޑްގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް/ފުރިހަމަ ނަން) މެއިލް ކުރަން ޖެހެއެވެ.

ހޯދަޑު ޓާފު ފުޓުބޯޅަ ދަނޑުގައި ދަރިވަރުން ކުޅެނީ 2023

މި މަސައްކަތާއި ގުޅޭ ތަފުސީލުތައް ދައުލަތުގެ ގެޒެޓުގައި ވަނީ ޝާއިއުކޮށްފައި ވެއެވެ. މި ބީލަމާއި ގުޅިގެން އިތުރު މައުލޫމާތު ހޯދުމަށް 27 މާރިޗު 2023 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، އީމެއިލް ކުރުމަށް ވަނީ ހުޅުވާލާފައެވެ. އެގޮތުން ފޮނުވާ ސުވާލުތަކުގެ ޖަވާބު 27 ފެބްރުއަރީ 2023 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އެ ފަރާތްތަކުގެ މެއިލުން ފޮނުވޭނެ ކަމަށް ވެއެވެ.

މި ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން ބޭއްވުމަށް ހަމަޖެހިފައި ވަނީ 29 މާރިޗު 2023 ވާ ބުދަ ދުވަހުގެ 10:00 ގައި ފުވައްމުލަކު ސިޓީ ކައުންސިލްގެ އިދާރާގެ މީޓިން ރޫމް ގައެވެ.

ހޯދަޑު ޓާފު ފުޓުބޯޅަ ދަނޑުގައި ފެންސް ޖަހާ ނިމިފައި

ހޯދަޑު ޓާފް ފުޓުބޯޅަ ދަނޑުގެ ވަށައި ފެންސް ޖެހުމުގެ މަސައްކަތް ބީލަމަށް ލާފައި ވަނީ 2021 ވަނަ އަހަރު ސެޕްޓެމްބަރު މަހު ގައެވެ. އެމަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާފައެވެ.

ހޯދަޑު ޓާފު ފުޓުބޯޅަ ދަނޑުގައި ޗޭންޖިން ރޫމަކާއި ފާޚާނާ ފަދަ މަސައްކަތް ވެސް ކުރެވިގެން ދާނެ ކަމަށް ކުރިން އަޑުއިވިފައި ވެއެވެ. ނަމަވެސް އެ މަސައްކަތްތައް އަދި ކުރިޔަކަށް ނުދެއެވެ. މިހާރު މިހުޅުވާލީ ދަނޑުގައި ލައިޓް ޖެހުމުގެ މަސައްކަތެވެ. މި މިސައްކަތް ނިމުނުން ރޭގަނޑުގައި ވެސް މިދަނޑު ބޭނނުން ކުރެވޭނެ ގޮތް ވެގެން ދާނެއެވެ.

ހޯދަޑު ޓާފު ފުޓުބޯޅަ ދަނޑުގައި ދަރިވަރުން ކުޅެނީ 2023

މިދަނޑުގައި އެންމެފަހުން ބޭއްވިފައި ވަނީ ޏ.އޭއީސީ ދަރިވަރުންގެ އިންޓަހައުސް ފުޓުބޯޅަ މުބާރާތެވެ.

ހޯދަޑު ޓާފު ފުޓްބޯޅަ ދަނޑުގެ މަސައްކަތް ފަށާވައި ވަނީ 2019 ވަނަ އަހަރު ނޮވެމްބަރު މަހު 30 ގައެވެ. އަދި އެ މަސައްކަތުގެ ދަށުން ދަނޑުގެ ބިން އެއްވަރުކޮށް ޓާފްއަޅައި ނިންމާފައި ވަނީ 2020 ވަނަ އަހަރު އެވެ.

The post ހޯދަޑު އަވަށުގެ ފުޓްބޯޅަ ދަނޑުގެ ލައިޓް ސިސްޓަމް ހަރުކުރުމަށް ބަޔަކު ހޯދަނީ appeared first on Mikal News.


More from Mikal News