ޗިކުންގުންޔާ ފެތުުރޭ ވަރު ވަރަށް ބޮޑަށް އިތުރު، މި މަހު 46 ކޭސް

Wed, 24 Apr 2024 05:02 PM

View on this article on Mihaaru

ޗިކުންގުންޔާ ފެތުުރޭ ވަރު ވަރަށް ބޮޑަށް އިތުރު، މި މަހު 46 ކޭސް

މަދިރީގެ ސަބަބުން ޖެހޭ ޗިކުންގުންޔާ ފެތުރޭ ވަރު މި މަހު ވަރަށް ބޮޑަށް އިތުރުވެ، ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ.

އެ އިދާރާގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި މަހު މާލެ ސަރަހައްދުން އެކަނި 46 ކޭސް ރިޕޯޓު ކޮށްފައިވާ ކަމަށެވެ.

ޗިކުންގުންޔާގެ އަލާމާތްތައް

• ގަދަޔަށް ހުންއައުން

• ބޮލުގައި ރިއްސުން

• ހުޅުހުޅުގައި ރިއްސުން

• ގައިން ބިހިނެގުން

• ވަރުބަލިވުން އިތުރުވުން

• މޭނުބައިކުރުމާއި ހޮޑުލެވުން

• ކާ ހިތްނުވުން ކަހަލަ ކަންތައްތައް

މި ބަލީގެ އަލާމާތްތައް ފެނިއްޖެ ނަމަ ވީހާ ވެސް އަވަހަށް ޑޮކްޓަރަށް ދައްކަން އެޗްޕީއޭ އިން އިލްތިމާސް ކުރެ އެވެ.

ޗިކުންގުންޔާ އިން ރައްކާތެރިވުމަށް:

1. މަދިރިން ރައްކާތެރިވުމުގެ ގޮތުން ހަށިގަނޑު ބޮޑަށް ނިވައިވާ ގޮތަށް ހެދުން އެޅުމާއި މަދިރި ލޯޝަން، ސްޕްރޭ ފަދަ ރެޕެލެންޓް ބޭނުން ކުރުން

2. ދުވާލު ވަގުތު ގެ އާއި ބޭރުގައި އުޅޭއިރު، ހަމުގެ ހާމަކޮށް ހުންނަ ހިސާބުތަކުގައި ރިޕެލެންޓް އުގުޅުން

3. ⁠ފަތިސް ގަޑި އަދި ހަވީރު އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް އެ ގަޑި ތަކުގައި ލައްޕާފައި ބެހެއްޓުން

މަދިރި އާލާވާ ތަންތަން ނައްތާލުން:

•⁠ ⁠ގޭތެރޭގައި ހުންނަ ފެން ހަރުލާފަދަ ތަކެތި (ތަށިޖަހާ ހަރުގަނޑުގެ ޓްރޭފަދަ) މަދުވެގެން ހަފްތާއަކު އެއްފަހަރު ސާފުކުރުން

•⁠ ⁠ފެނުގައި ގަސް ހައްދާނަމަ، މަދުވެގެން ހަފްތާއަކު އެއްފަހަރު ފެން ބަދަލުކުރުން

•⁠ އާއްމު ތަންތަނަށް ހުސްފުޅި އާއި ދަޅު ފަދަ ފެންހަރުލާ ތަކެތި އަދި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން

•⁠ ⁠އާއްމު ތަންތަނުގައި ފެން ހަރުލާގޮތަށް ބަހައްޓާ ނުވަތަ އުކާލެވިފައިވާ ތަކެތި ނައްތާލުން ނުވަތަ ފެން ހަރުނުލާނެގޮތަށް ބަންޑުން ޖެހުން، ނުވަތަ މަތިއެޅުން





More from Mihaaru