ހަތް ލައްކަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ

Wed, 24 Apr 2024 10:43 AM

View on this article on Mihaaru

ހަތް ލައްކަ ޓޫރިސްޓުން ރާއްޖެ އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އައި ޓޫރިސްޓުންގެ އަދަދު 728،000 އަށް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިއީ ގާތްގަނޑަކަށް 13 ޕަސެންޓުގެ ކުރިއެރުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް އައިސްފައިވަނީ 644،000 ޓޫރިސްޓުންނެވެ.

އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އައިސްފައިވާ ޗައިނާ އިން 77،000 ޓޫރިސްޓުން އަ އެވެ. އަދި އިނގިރޭސިވިލާތުން 72،600 ޓޫރިސްޓުން އައި އިރު ރަޝީޔާއިން ވަނީ 72،300 ޓޫރިސްޓުން އައިސްފަ އެވެ.

މިދިޔަ އަހަރު އެންމެ ގިނަ ޓޫރިސްޓުން އައީ އިންޑިއާއިންނެވެ. އެ ގައުމު މި ވަގުތު އޮތީ ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ލިސްޓުގެ ހަ ވަނައިގަ އެވެ. އެ ގައުމުން 40،000 ޓޫރިސްޓުން އައިސްފައިވެ އެވެ.

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް އެންމެ ގިނައިން ޓޫރިސްޓުން އައިސްފަ އިވަނީ ފެބްރުއަރީ މަހު އެވެ. އެ މަހު 217،392 ޓޫރިސްޓުން އައެވެ. އެވެ. ޖެނުއަރީ މަހު 192،000 ޓޫރިސްޓުން އައި އިރު މާޗް މަހު ވަނީ 194،000 ޓޫރިސްޓުން އައިސްފަ އެވެ. މި މަހުގެ މިހާތަނަށް 124،000 ޓޫރިސްޓުން އައިސްފަ އެވެ.

ރާއްޖެ އަށް މިދިޔަ އަހަރު 1.8 މިލިއަން ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާ އިރު، މި އަހަރުގެ ނިޔަލަށް ދެ މިލިއަން ޓޫރިސްޓުން ގެންނަން ސަރުކާރުން ވަނީ އަމާޒު ހިފައިފަ އެވެ.

ޓޫރިސްޓުން އިތުރުވި އިރު ރާއްޖޭގައި ޓޫރިސްޓުން ހޭދަކުރާ މުއްދަތު ވަނީ މިދިޔަ މަހު ދަށަށް ގޮސްފަ އެވެ. މިހާރު އެވްރެޖުކޮށް ހަތް ދުވަހާއި ބައި ޓޫރިސްޓުން ރާއްޖޭގައި ހޭދަކުރެ އެވެ.





More from Mihaaru