އެމްއޭސީއެލްގެ 'ސީ ޓު އެއާ' ހިދުމަތް ފަށަން ޓާކިޝް އެއާލައިނާއި ސްޓޭޓް ޝިޕިން ކުންފުންޏާ އެކު ސޮއިކޮށްފި

Fri, 29 Mar 2024 01:22 PM

View on this article on Mihaaru

އެމްއޭސީއެލްގެ 'ސީ ޓު އެއާ' ހިދުމަތް ފަށަން ޓާކިޝް އެއާލައިނާއި ސްޓޭޓް ޝިޕިން ކުންފުންޏާ އެކު ސޮއިކޮށްފި

"ސީ ޓު އެއާ" ކާގޯ ޓްރާންސްޝިޕްމަންޓްގެ ހިދުމަތް ފެށުމަށް އެމްޕީއެލް އިން ޓާކިޝް އެއާލައިނާއި މޯލްޑިވްސް ސްޓޭޓް ޝިޕިންއާ އެކު ރޭ ސޮއިކޮށްފި އެވެ.

އެމްްޕީއެލްއިން ބުނީ ޓާކިޝް އެއާލައިނާ އެކު ސޮއިކުރީ ކާގޯ ޕާޓްނަރެއްގެ ގޮތުގައި ކަމަށެވެ. އެކަމުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއި ކުރެއްވީ އެ އެއާލައިން ރާއްޖެއަށް ކަނޑައަޅާފައިވާ އޭޖެންޓް، އެކްސްޕެޑައިޓް މޯލްޑިވްސް މެނޭޖިން ޑިރެކްޓަރު އަލީ ތޯރިގު އެވެ.

ކެރިއާ ޕާޓްނަރެއްގެ ގޮތުގައި ސްޓޭޓް ޝިޕިން ކުންފުންޏާ އެކު ސޮއި ކުރެއްވިއިރު އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފެވެ.

އެމްޕީއެލް އިން ބުނީ އެ ކުންފުންޏާ އެކު އެއްބަސްވުން ހެދީ "ސީ ޓު އެއާ" ހިދުމަތް ފޯރުކޮށްދިނުމުގައި ދެ ކުންފުނިން އެއްބާރުލުންދީ، ގުޅިގެން މަސައްކަތް ކުރުމަށެވެ.

އެމްޕީއެލްގެ 'ސީ ޓު އެއާ' ހިދުމަތް ފަށަން ޓާކިޝް އެއާލައިނާއި ސްޓޭޓް ޝިޕިން ކުންފުންޏާ އެކު ވަނީ ސޮއިކޮށްފައި. މި ހިދުމަތް މިމަހުގެ 15 ގައި ފަށާނެ ކަމަށް ކުރިން އޮތީ އިއުލާނުކޮށްފައި.

އެކަމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހު ވިދާޅުވީ އެ ހިދުމަތާ އެކު ރާއްޖޭގެ އިގްތިސޯދަށް ފައިދާކުރާނެ ކަމަށެވެ.

"އެމްޕީއެލްގެ އާމްދަނީ އިތުރުވެ، ހިދުމަތް ފުޅާވުމުގެ އިތުރުން މިއީ ދިވެހިރާއްޖޭގެ އިގްތިސާދަށް ވެސް ކުރިއެރުން ލިބޭ ހިދުމަތެއް،" ވަޖީހު ވިދާޅުވި އެވެ.

ޓާކިޝް އެއާލައިންގެ ރީޖަނަލް ކާގޯ މެނޭޖަރު ބިލާލް އޮކުޗް ވިދާޅުވީ އެ އެއާލައިނުގެ އަމާޒަކީ ރާއްޖެއަކީ ސީ ޓު އެއާ ޓްރާންޝިޕްމަންޓްގެ ހަބަކަށް ހެދުން ކަމަށެވެ.

"މިހާރު އަޅުގަނޑުމެން މައިގަނޑު ގޮތެއްގައި މި ބޭނުންކުރަނީ ލަންކާ. އެކަމަކު މިހާރުވެސް އަޅުގަނޑުމެންގެ ޑިމާންޑަށް ލަންކާއަށް ކޭޓާ ނުކުރެވޭ. އެހެންވެ އަޅުގަނޑުމެން ބޭނުންވަނީ މި ހިދުމަތަށް ރާއްޖެ ބޭނުންކުރަން،" ބިލާލް ވިދާޅުވިއެވެ.

މި ހިދުމަތަކީ ވައިގެ މަގު އަދި ކަނޑުގެ މަގު ބޭނުންކޮށް މުދާ އެއްތަނުން އަނެއް ތަނަށް ފޯރުކޮށްދިނުމަށް ތައާރަފުކުރާ ހިދުމަތެކެވެ. މީގެ ސަބަބުން ސަރަހައްދުގެ ވިޔަފާރިތަކާއި ސިނާއަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ހިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ބެލެހެއްޓިގެންދާނެ އެވެ.





More from Mihaaru