މަރާމާތަށް އާސަހަރާ ބަންދުކޮށްފި، ދެން މީހުން ވަޅުލާނީ ހުޅުމާލޭގައި

Fri, 26 May 2023 07:24 PM

View on this article on Mihaaru

މަރާމާތަށް އާސަހަރާ ބަންދުކޮށްފި، ދެން މީހުން ވަޅުލާނީ ހުޅުމާލޭގައި

އާސަހަރާ މަރާމާތުކުރާތީ އެތަނުގައި މީހުން ވަޅުލުން ވަގުތީ ގޮތުން ހުއްޓާލައި، ހުޅުމާލޭ ސަހަރާގައި މީހުން ވަޅުލާ ގޮތަށް ހަމަޖައްސައިފި އެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލުގެ ބެލުމުގެ ދަށުގައިވާ އާސަހަރާއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ކައުންސިލުގެ އާންމު ޖަލްސާގައި ނިންމައި، އެ މަޝްރޫއުގެ ދަށުން އިމާރާތަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުމުގެ މަސައްކަތް މާދަމާ ފަށާނެ ކަމަށެވެ.

ކައުންސިލުން ބުނީ އެ މަސައްކަތާ ގުޅިގެން ކަށުކަމާކެމީގެ ކަންކަން އާސަހަރާގައި ކުރިއަށް ގެންދަން ދަތިވާނެތީ މަރުވާ މީހުންގެ ކަށުކަމާކެމީގެ ކަންކަން ހުޅުމާލެ ސަހަރާގައި ކުރިއަށްގެންދެވޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމަށެވެ. ނަމާދު ވަގުތުތައް ނޫން ވަގުތުތަކުގައި މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރު، އާސަހަރާގެ މިސްކިތުގައި ނަމާދުކުރެވޭނެ އިންތިޒާމްތައް ހަމަޖެހިފައިވާނެ ކަމަށް ވެސް ކައުންސިލްގެ އިއުލާނުގައިވެ އެވެ.

ކައުންސިލުން ބުނި ގޮތުގައި އެތަން ތަރައްގީކޮށް އެ ތަނަށް ގެންނަން ބޭނުންވާ މުހިއްމު ބަދަލުތައް ދެ މަސް ދުވަހުގެ ތެރޭގައި ނިންމޭނެ އެވެ. އަދި އެކަން ނިމުނުހާ އަވަހަށް އާންމުކޮށް އަންގާ އިއުލާންކުރެވޭނެ ކަމަށް ބުންޏެވެ.



More from Mihaaru