ތައިލެންޑުން ދިރޭތަކެތި ބޭރުކުރަން އުޅުނު ދިވެހިން ކަފާލާތުގެ ދަށުން ދޫކޮށްލައިފި

Sun, 19 Mar 2023 04:30 PM

View on this article on Mihaaru

ތައިލެންޑުން ދިރޭތަކެތި ބޭރުކުރަން އުޅުނު ދިވެހިން ކަފާލާތުގެ ދަށުން ދޫކޮށްލައިފި

މަނާ ދިރޭތަކެތި ތައިލެންޑުން ރާއްޖެ އަށް ގެންނަން އުޅުން ދިވެހިންތަކެއް ތައިލެންޑުގައި ހައްޔަރު ކުރުމަށް ފަހު، ކަފާލާތުގެ ދަށުން ދޫކޮށްލައިފި އެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ ބުރާސްފަތި ދުވަހު ތައިލެންޑުގެ އެއާޕޯޓުން ރާއްޖެ ފުރަން އުޅެނިކޮށް ކަސްޓަމްސް އިން ހުއްޓުވައި ހައްޔަރު ކޮށްފައި ވަނީ ޒުވާން ތިން ދިވެއްސެކެވެ.

އެ މީހުން ހިފެހެއްޓީ ވިހަގަދަ ފައިދިގު މަކުނުތަކަކާއި އަސްދޫނި ބިސް އަދި ބައެއް އެހެން ދިރޭތަކެތި ތައިލެންޑުން ބޭރު ކުރަން އުޅުނު މައްސަލައެއްގަ އެވެ.

އެ ތަކެއްޗަކީ ވަކި ހާއްސަ ހުއްދައެއްގެ ދަށުން ނޫނީ ތައިލެންޑުން ބޭރު ކުރުން މަނާ ތަކެއްޗެވެ.

އެނގިފައިވާ ގޮތުގައި މިހާރު އެ ތިން މީހުން ވެސް ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލައިފަ އެވެ. ނަމަވެސް އެ މީހުންނަށް އަނބުރާ ރާއްޖެ އާދެވޭނީ އެ މައްސަލާގައި ކޯޓުން ވަކި ގޮތެއް ނިންމުމުންނެވެ.

ތައިލެންޑުގެ ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ. އަދި ކުރިޔަށް އޮތް މަހެއްހާ ދުވަސް ތެރޭގައި އެ މީހުން ކޯޓަށް ހާޒިރުކޮށް ގޮތެއް ނިންމާނެ އެވެ.



More from Mihaaru