ޕީޕަލްސް ނޭޝަނަލް ފްރޮންޓް އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ހުރަސް އަޅައި ހުއްޓުވުމާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ނެރޭ ނޫސްބަޔާން

Tue, 09 Apr 2024 10:59 PM

View on this article on MDP

ކުރީގެ ރައީސް އަބްދުالله ޔާމީން އުފައްދަވާ ޕީޕަލްސް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ޖަލްސާއަށް ސަރުކާރުން ބާރާއި ނުފޫޒުގެ ބޭނުންކޮށް ހުރަސް އަޅައި ހުއްޓުވާފައިވާތީ އެކަން އެންމެ ހަރުކަށި އިބާރާތުން މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީން ކުށްވެރި ކުރަމެވެ.



ޕީއެންއެފް އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދީފައިވާއިރު އެ ޖަލްސާ ބާއްވަން އޮތް ތަނަށް ފުލުހުން ފޮނުވައި ޕެޕާ ސްޕްރޭ ޖަހައި ސުލްހަވެރި ސިޔާސީ ހަރަކާތެއް ހުއްޓުވާފައިވާތީ މި ޕާޓީން ކަންބޮޑުވަމެވެ.
ސިޔާސީ ޕާޓީ އުފައްދައި ސިޔާސީ ހަރަކާތްތައް ހިންގުމަކީ ދިވެހި ކޮންމެ ރައްޔިތަކަށް ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހައްގެއް ކަމަށްވާއިރު ޕީއެންއެފް ވުޖޫދުވުމަށް ސަރުކާރުން ހުރަސް އެޅުމަކީ ހިޔާލު ފާޅުކުރުމާއި ސުލްހަވެރި ސިޔާސީ ހަރަކާތަށް ފުރުސަތު ނުދިނުމެވެ.

ސަރުކާރުން ޑިމޮކްރަޓިކް ނިޒާމަށް ހުރަސް އަޅައި ސިޔާސީ ވާދަވެރިންނަށް އޮތް ފުރުސަތުތައް ބަންދުކުރުމަކީ ކުރިއަށް އޮތް ތަނުގައި ވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުދުމުހުތާރު ސަރުކާރުގެ އަމަލުތައް ހުންނާނެ ގޮތް ކަމުގައި މި ޕާޓީން ދެކެމެވެ.

ދައުލަތުގެ އިދާރާތަކަށް ނުފޫޒު ފޯރުވައި ޕީއެންއެފް އުފެއްދުމުގެ ޖަލްސާއަށް ފުރުސަތު ނުދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލައި ސިޔާސީ ހަރަކާތް ހިންގޭނެ މާހައުލެއް ގާއިމުކުރުމަށް މި ޕާޓީން ގޮވާލަމެވެ.

09 އޭޕްރިލް 2024



More from MDP