ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭގޮތުން ނެރޭ ނޫސްބަޔާން

Sun, 21 Apr 2024 11:35 PM

View on this article on MDP

މިއަދު މި ބޭއްވުނު 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޙާބު ކާމިޔަބު ކުރެއްވި އެމްޑީޕީގެ ހުރިހާ ކެނޑިޑޭޓުންނަށް މަރުޙަބާ ދަންނަވަމެވެ. އަދި މި އިންތިޙާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރެއްވި އެންމެހައި ކެނޑިޑޭޓުންނަށާއި ކެނޑިޑޭޓުންގެ ކެމްޕޭން ޓީމްތަކާއި ކެނޑިޑޭޓުންނަށް ވޯޓު ހޯދައިދިނުމަށް މަސައްކަތްކޮށްދެއްވި އެންމެހައި ފަރާތްތަކަށާއި އެމްޑީޕީއަށް ވޯޓުދެއްވި ހުރިހާ ރައްޔިތުންނަށް މިޕާޓީން ޝުކުރުއަދާކުރަމެވެ.



އަދި ހަމައެއާއެކު މިއިންތިޙާބު ކާމިޔާބުކުރެއްވި ހުރިހާ ކެނޑިޑޭޓުންނަށް ވެސް މަރުހަބާ ދަންނަވަމެވެ. މި ޕާޓީން އެދެނީ 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ ދިވެހިރާއްޖޭގެ ޑިމޮކްރަސީގެ ހަމަތައް ނަގަހައްޓައި, ދިވެހި ރައްޔިތުންގެ ހެވާއި ލާބައަށް އަދި ދިވެހިރާއްޖޭގެ ތަރައްޤީއަށް ފަށައިފައިވާ މަސައްކަތްތަކަށް ހުއްޓުމެއް ނައިސް ކުރިއަށް ގެންދިއުމަށް މަސައްކަތްކުރާ މަޖިލީހަކަށް ވުމެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އެންމެ ބޮޑު އެއް ޒިންމާއަކީ ސަރުކާރު ޖަވާބުދާރީ ކުރުން ކަމުގައިވާއިރު, މިއަދުގެ އިންތިޚާބު ކާމިޔާބުކުރެއްވި ހުރިހާ ކެންޑިޑޭޓުންވެސް އެ މަސައްކަތް އެއްވެސް ފަސްޖެހުމެއް ނެތި ކުރައްވަމުން ގެންދަވާނެ ކަމުގައި މި ޕާޓީން ޔަގީން ކުރަމެވެ.

ދިވެހިރާއްޖޭގައި ޑިމޮކްރެޓިކް ހަމަތައް ނެގެހެއްޓުމަށާއި ސަރުކާރު ޖަވާބުދާރީކޮށް ދިވެހިރައްޔިތުންގެ ހައްޤުތައް ރައްކާތެރިކުރުމަށް ވަކާލާތުކުރާ ޕާޓީއެއްގެ ގޮތުގައި އެމްޑީޕީ އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން ދިވެހި ލޮބުވެތި ރައްޔިތުންނަށް އަރުވަމެވެ.

21 އޭޕްރިލް 2024



More from MDP